އިންޑިޔާ އިން ކޮވިޑް-19 ނުފެންނަ ހަމަ އެކަނި ސްޓޭޓް ސިއްކިމް، އޮކްޓޯބަރާއި ހަމައަށް ބަންދުކުރަނީ

އިންޑިޔާއިން ޗައިނާ އާ ބޯރޑަރ ހިއްސާ ކުރާ 5 ސްޓޭޓްގެ ތެރެއިން އެއް ސްޓޭޓް ކަމަށްވާ ސިއްކިމްއަށް ޗައިނާއިން ވަނުން، ބުރާސްފަތި ދުވަހު މަނާ ކުރުމާއި ގުޅިގެން، އިންޑިޔާގެ ފަތުރުވެރިންނަށްވެސް އޮކްޓޯބަރާއި ހަމައަށް އެ ސްޓޭޓް ބަންދު ކުރުމަށް ސަރުކާރުން މަޝްވަރާކުރަމުން ފަށައިފިއެވެ. ސްޓޭޓް ސަރުކާރުން ހާމަ ކުރި ގޮތުގައި މިއީ 7 ލައްކަ މީހުންގެ އާބާދީ އެއް އޮންނަ ސިއްކިމް، ކޮވިޑް-19 އިން ސަލާމަތް ކުރުމަށް އެޅި ފިޔަވަޅެކެވެ. މިއަދާއި ހަމައަށް މި ސްޓޭޓުން ކޮވިޑް-19ގެ އެންމެ ކޭސް އެއްވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.ގަވަރނަރ ގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ ސްޓޭޓް އަށް އެހެން ތަންތަނުން އައިސް ތިބި މަސައްކަތް ތެރިން އަނބުރާ ފޮނުވާ ނުލާ، އެމީހުންގެ ކެއިންބުއިމުގެ ކަންކަން ވެސް ބަލަހައްޓަމުން ދާ ކަމަށެވެ. ސަބަބަކީ މި ލޮކްޑައުން ނެގުމާއި އެކު އެމީހުންގެ ބޭނުންވެސް ޖެހޭނެ ތީއެވެ. މި ލޮކްޑައުން އާއި ގުޅިގެން، ސިއްކިމްގެ ކައިލާޝް ފަރުފަދަ ކާރިއަށް އަޅުކަމަށް އަންނަ މީހުންވެސް އައުން ވަނީ މަނާކޮށްފައެވެ. މިއީ ކޮންމެ އަހަރެއްގެ ޖޫން މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު މި ގައުމުގެ އެކްސްޓަރނަލް އެފެއަރޒް އިން އިންތިޒާމްކުރާ ކަމެކެވެ. މި އަޅުކަމުގައި އެތައް ހާސް ބަޔަކު ބައިވެރިވެއެވެ.ސިއްކިމް ހިމެނެނީ، ބޭރުމީހުންގެ އިތުރުން އިންޑިޔާގެ މީހުން ވަނުން މަނާކުރި ފުރަތަމަ ސްޓޭޓްތަކުގެ ތެރޭގައެވެ. ސިއްކިމް އިން ވަނީ ޗައިނާގެ އިތުރުން ނޭޕާލް، ބޫޓާން އަދި ވެސްޓް ބެންގޯލްގެ 4 ޗެކް ޕޯސްޓެއް ވެސް ބަންދު ކޮށްފައެވެ. އިންޑިޔާގައި މިހާތަނަށް 23،502 މީހަކު މިބައްޔަށް ޕޮޒިޓިވްވެ، 718 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ