މަޖިލިސް އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕޮރޮގްރާމެއް ފަށައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއް އިލެކްޝަންސް ކޮނިޝަނުން މިއަދު ފަށައިފި އެވެ.
ފ. ނިލަންދޫގައި މިއަދު ފެށި އެ ޕްރޮގްރާމް ނުވަ އަތޮޅެއްގެ 28 ރަށެއްގައި ކުރިޔަށް ގެންދަން އިލެކްޝަނުން ވަނީ ނިންމައިފަ އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިއަދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ރައްޔިތުން ހޭލުންތެރިކުރުވަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި މޮނީޓަރުންނާއި އޮބްޒާވަރުންނާއި މަންދޫބުންގެ ދައުރާއި ރީ- ރެޖިސްޓްރޭޝަންގެ ކަންތައްތަކާއި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ކަންކަމާއި ޝަކުވާގެ ނިޒާމު އިންތިޒާމުވެފައި އޮންނަ ގޮތާއި ގާނޫނާއި އިންތިޚާބުގެ ކުށް ތަކާއި އަދަބުތަކާއި ކެންޑިޑޭޓުން ފުރާން ޖެހޭ ފޯމުގެ ކަންކަމާއި ވޯޓުލާ ދުވަހުގެ ކަންކަން ހިމެނޭނެ އެވެ.
އަމްޖަދު ވިދާޅުވިގޮތުގައި އެ ޕްރޮގްރާމުގައި މައުލޫމާތުދެއްވާނީ އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުންނެވެ.
"މިއަދު އަޅުގަނޑުމެން ނިލަންދޫގައި މި ފެށީ. މާދަމާ އަޅުގަނޑުމެން މި އަތޮޅު ބިލެތްދޫއަށް ދާނަން." މިއަދު ފެށި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން އަމްޖަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ