ބިންލާދިންއާ ފުރަތަމަ އިންޓަވިއުކުރި ނޫސްވެރިޔާ މަރުގެ ހަމަލާއަކުން ސަލާމަތްވެއްޖެ

އަލްގާއިދާގެ ކުރީގެ ލީޑަރު އުސާމާ ބިންލާދިންއާ އެންމެ ފުރަތަމަ އިންޓަވިއުކުރި ނޫސްވެރިޔާ ކަމަށްވާ ހާމިދް މިރް މަރާލަން ބަޔަކު ދިން ހަމަލާތަކަކުން އޭނާ ސަލާމަތް ވެއްޖެ އެވެ.
ޕާކިސްތާނުގެ ޖީއީއޯ ޓީވީގެ މަޝްހޫރު ނިއުސް އެންކަރެއް ކަމަށްވާ ހާމިދު މިރް ހަމަލާ ދީފައި ވަނީ އެއާޕޯޓުން އޮފީހަށް ކާރުގައި ދަނިކޮށް، ދެ ސައިކަލެއްގައި އައި ބަޔަކު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ހާމިދުގެ ގަޔަށް ވަޒަން އެރީ ފަލަ މަސްގަނޑަށް ކަމަށާއި ތިން ވަޒަން އަރާފައިވާ ކަމަށެވެ. އެހެންވެ ފުރާނަ އަށް ނުރައްކަލެއް ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް ހާމިދުގެ ފުރާނަ އަށް ނުރައްކާ ކުރުމަށް ހަމަލާތައް ދީފައި ވާއިރު އޭނާ އަކީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އާއި އަސްކަރިއްޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެކެވެ. ހާމިދުގެ ކޮއްކޮ ބުނީ ބޭބެ އަށް ވަނީ ޖާސޫސީ އިދާރާގެ އިންޒާރުތަކާ ކުރިމަތިވެފައި ކަމަށެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ