އަހުމަދު މޫސާއާއި ސަރަނގޭ ރައީސް ވަހީދު ޕާޓީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާއާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަރަނގު އާދަމް މަނިކު ރައީސް ވަހީދުގެ ޤައުމީ އިއްތިހާދު ޕާޓީއަށް މިރޭ ސޮއިކުރައްވައިފިއެވެ.
އަމުހަދު މޫސާއާއި އާދަމް މަނިކު ޖީއައިޕީއަށް ސޮއިކުރެއްވީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ އެޕާޓީގެ ޖަލްސާގައެވެ. އަހުމަދު މޫސާއަކީ އަމިއްލަގޮތުން މަޖިލީހަށް ހޮވިވަޑައިގެން ފަހުން ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވުމަށްފަހު އެޕާޓީން ވަކިވެވަޑައިގެންފައިވާ ބޭފުޅެކެވެ.
މިރޭ ޖީއައިޕީއަށް ސޮއިކުރެއްވި މާލޭ ސިޓީކައުންސިލްގެ މެމްބަރު އަދި ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ ސަރަނގު އާދަމް މަނިކަކީ އެމްޑީޕީގެ ޓިކެޓްގައި އެކައުންސިލަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވުމާއިއެކު އާދަމް މަނިކު ވެފިވަޑައިގަންނަވަނީ ރައީސް ވަހީދުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާ ތަނެވެ.
އާދަމް މަނިކާއި އަހުމަދު މޫސާގެ އިތުރުން ކުރިން ޖީއައިޕީއަށް ސޮއިކުރައްވާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފްއާއި ޖައުސާ ޖައުފަރު އީސާ އާދަމްވެސް މިރޭވަނީ ރަމްޒީގޮތުން ޖީއައިޕީއަށް ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ