ސަރުކާރުގެ ކަރަންޓް ކުންފުނީގެ އިންޖިނިއަރު އިބްރާހިމް ރައޫފް ވިދާޅުވީ މިރޭ މުޅި މާލެއިން ކަރަންޓް ކެނޑުނީ ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުން އާ ޖަނެރޭޓަރުތަކެއް ބެހެއްޓުމުގެ މަސައްކަތްކުރަމުންދަނިކޮށް ކަމަށެވެ."އަޅުގަނޑުމެންގެ މި މަސައްކަތްކުރަނީ އިޓަލީގެ އިންޖިނިއަރުންތަކެއް ތިބެގެން. މިކަހަލަ މަސައްކަތެއްކުރަމުންދާއިރު ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކަރަންޓް ކެނޑިދާނެ ކަމަށް އަޅުގަނޑުމެންވާނީ އިއުލާންކޮށްފައި.އެކަމަކު މިގޮތަށް މުޅި މާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ލަފައެއްނުކުރަން،" އޭނާ ވިދާޅުވި އެވެ.ރައޫފް ވިދާޅުވީ މިރޭ މުޅި މާލެއިން ދޮޅު ގަޑިއެއްހާއިރަށް ކަރަންޓް ކެނޑުނު ނަމަވެސް "ދެން ވަރަށް ނުކެނޑޭނެ" ކަމަށެވެ."އަޅުގަނޑުމެން މިގެންދަނީ ވީހާ ވެސް ބޮޑަށް ކަރަންޓް ނުކަނޑައި މި މަސައްކަތްކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުން މާލޭގައި 8900 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ބެހެއްޓުމުގެ ަމަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އަދި މިހާރު ދަނީ އިންޖީނުތައް ބެހެއްޓުމަށްފަހު ޓެސްޓްކުރަމުން ކަމަށް ވެސް ރައޫފް ވިދާޅުވި އެވެ.ސްޓެލްކޯ އިން ބުނީ އަލަށް ބަހައްޓާ ޖަނަރޭޓަރުތަކުން މާލެ އަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަރަންޓް ދެވޭވަރުވާނެ ކަމަށެވެ.މިއަދު 45: 5 ހާއިރުން ފެށިގެން މާލޭގެ ހުރިހާ ހިސާބެއްގެ ބޮޑު ބަޔަކުން ކަރަންޓް ކަރަންޓް ދިއުމަށް ފަހު ކަރަންޓް އަލުން ލިބުނީ ގަޑިއެއްހާ އިރު ފަހުންނެވެ. އިރު އޮއްސެމުން ދިޔަ ދަނޑިވަޅު މުޅި މާލެއިން ކަހަލަ ގޮތަކަށް ކަރަންޓް ކެނޑުމާ އެކު މާލޭގެ މަގުތަކަށް ގިނަ ބަޔަކު ނުކުމެ އުޅުނެވެ.
މާލޭގެ ބޮޑު ބަޔަކުން އިއްޔެ އާއި ރޭ ވެސް ކަރަންޓް ކެނޑުނެވެ.
މާލެއިން މިރޭ ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކުން: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ