މައްސަލަތައް ސުލްހަ ކުރުވުމުގެ މަސައްކަތްތައް ސިވިލް ކޯޓުން ހުއްޓާލައިފި

ޝަރީއަތް ފެށުމުގެ ކުރިން މައްސަލަ ސުލްހަ ކުރެވޭތޯ މަސައްކަތްކުރުން ސިވިލް ކޯޓުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ސިވިލް ކޯޓުން ބުނީ ސުލްހަކުރަން މަސައްކަތްކުރުން ނުވަތަ މީޑިއޭޝަންގެ ބައި ހުއްޓާލީ ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވާ ގަވާއިދު މިހާތަނަށް ހެދިފައި ނުވާތީ ކަމަށެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން ސުލްހަ ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ ޖުޑީޝަލް ކައުންސިލުން ހަދާ ގަވާއިދެއްގެ ދަށުންނެވެ.
ކޯޓުތަކުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ދަށު ކޯޓަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތް ބޭއްވުމުގެ ކުރީގައި މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރަން ހަސްމަކު ބޭނުން ނަމަ ކޯޓުން އެކަން ކުރުމަށް މަސައްކަތް ކޮށްދޭންޖެހޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ސުލްހަ ކުރުމަށް މަސައްކަތް ކުރެވޭނީ ޖުޑީޝަލް ކައުންސިލުން ހަދާ ގަވާއިދެއްގެ ދަށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ