ސުޕްރީމް ކޯޓު ފަނޑިޔާރުންނަކީ ހުރިހާ ކަމަކަށް ފަރުވާ ކުރަން ތިިބި ޑޮކްޓަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
"ތިމަރަފުށީ މުސްތަފާ އަކީ އަންހެނެކޭ ނުބުނެވޭނެ. އެގޮތައް މާނައެއް ނުކުރެވޭނެ. އަޅުގަނޑަކީ އުފަންވިއިރުވެސް ފިރިހެނެއް." މުސްޠަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ސުޕްރީމް ކޯޓަށް ވެސް މާނަ ކުރެވޭނީ ޤާނޫނު އަސާސީގައި އޮތް އެއްޗެއް ކަމަށާއި ސުޕްރީމް ކޯޓުން އެދުނު ގޮތަށް ރައީސް ޔާމީން ޝަރުޢީ ދާއިރާގެ ބަޖެޓް ހަމަޖައްސަވައި ނުދެއްވި ކަމަށެވެ. އެހެންކަމުން ޝަރުޢީ ދާއިރާ އިން މިވެރިކަން ދިފާޢު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ޕީޕީއެމްގެ މެމްބަރުން ގުޅިވަޑައިގެންނެވިއިރު ފަނޑިޔާރުންގެ މަގާމުތަކަށް ވެސް މިވަނީ ބޮޑެތި ބަދަލު ތަކެއް ގެނެސްފައެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރުންނަކީ ފަރުވާ ކުރާ ޑޮކްޓަރުންނެއް ނޫން – މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ