ސްޕެނިޝް ލީގުގެ ޓީމަކާއެކު ނިއު ރަހުމަތްތެރި ކަމުގެ މެޗެއް ކުޅެނީ

ސްޕެނިޝް ލީގުގައި ވާދަކުރާ ޓީމަކާއެކު ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ރަހުމަތްތެރި ކަމުގެ މެޗެއް ކުޅުމަށް ނިންމައިފި އެވެ.
ނިއުގެ މެނޭޖަރު ޝާޒް ހަބީބު މިއަދު ބުނީ، ސްޕެނިޝް ލީގުގައި ވާދަކުރާ ގަދަ 10 ޓީމުގެ ތެރެއިން ކޮންމެ ވެސް އެއް ޓީމަކުން ނިއުއަށް މިހާރު ވަނީ ރަހުމަތްތެރި ކަމުގެ މެޗެއް ކުޅުމަށް ދައުވަތު ދީފައި ކަމަށެވެ. އަދި އެ މެޗް ކުޅުމަށް ހަމަޖެހި ފައި ވަނީ އަންނަ ޖޫން މަހު ނުވަތަ ޖުލައި މަހުގެ ތެރޭގައި މާލޭގައި ކަމަށް ސާޒް ވިދާޅުވި އެވެ.
"މި މެޗަކީ ސްޕެނިސް ލީގުގައި ވާދަކުރާ ގަދަ 10 ޓީމުގެ ތެރެއިން ކޮންމެ ވެސް އެ ޓީމަކާ ދެކޮޅަށް ކުޅޭ މެޗެއް. ނިއުއާ ދެކޮޅަށް ކުޅެން ދައުވަތު ދިނީ އެ ޓީމުން. މިމެޗް ކުޅޭނީ މާލޭގައި،" ސާޒް ވިދާޅުވިއެވެ.
ސާޒް ވިދާޅުވީ، ނިއުއާ ދެކޮޅަށް ނިކުންނަ ސްޕެނިޝް ޓީމުގެ މައުލޫމާތުތައް މިފެށޭ ހަފްތާ ނިމުމުގެ ކުރިން މީޑިޔާއާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއުއާ ދެކޮޅަށް ސްޕެނިސް ލީގުގައި ވާދަކުރާ ޓީމެއް މާލޭގައި ރަހުމަތްތެރި ކަމުގެ މެޗެއް ކުޅުމަށް ރާވަމުން އަންނައިރު، މިވަގުތު ސްޕެނިސް ލީގުގެ އެއްވަނަ މަގާމްގައި އޮތީ 85 ޕޮއިންޓާއެކު އޮތް ބާސެލޯނާ އެވެ. ދެ ވަނަ މަގާމްގައި 74 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު، ތިން ވަނަ މަގާމްގައި 68 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިދެވެ. އަދި ހަތަރު ވަނަ މަގާމްގައި 58 ޕޮއިންޓާއެކު ރިއާލް ސޮސައިޑާ އޮތްއިރު، 53 ޕޮއިންޓާއެކު ފަސް ވަނަ މަގާމްގައި އޮތީ މަލާގާއެވެ. ލީގުގެ ހަވަނަ މަގާމްގައި އޮތީ ވެލެންސިޔާ އެވެ. ހަތް ވަނަ މަގާމްގައި ރާޔޯ ވަލްކާނޯ އޮތްއިރު، އަށް ވަނަ މަގާމްގައި އޮތީ ގެޓަފޭ އެވެ. އަދި ލީގުގެ ނުވަ ވަނަ މަގާމްގައި ސެވިއްޔާ އޮތްއިރު، ލީގުގެ 10 ވަނަ މަގާމްގައި އޮތީ އެސްޕަންޔޯލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ