ތިންވަނަ މަމެން އިންޓާ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މާޗު މަހުގައި

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަމެން އިންޓާ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ މުބާރާތް، މިއަހަރު މާޗު 14 ގައި ބާއްވަން ނިންމައިފި އެވެ.
Advertisement
މި މުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ ހުޅުމާލެ ރޭސިން ޓްރެކްގަ އެވެ. މި މުބާރާތުގައި މިފަހަރުވެސް ތަފާތު 20 ރޭހެއް އެކި އުމުރުފުރާތަކުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މުބާރާތް ކުރިއަށްދާނީ 4 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިވަކިންނެވެ. މީގެއިތުރުން 11 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް"ގެ ނަމުގައި ހާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.މިދިޔަ އަހަރު ބޭއްވި މި މުބާރާތުގައި 600 އަށް ވުރެ ގިނަ ދަރިވަރުން ޖުމްލަ 20 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ. ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު މި މުބާރާތް ކުރިއަށްދާނީ އެއްދުވަހުގެ ފޯރިގަދަ އިވެންޓެއްގެ ގޮތުގަ އެވެ. މި ރޭސް ކުރިއަށްދާނީ މާޗު 14 ވަނަ ދުވަހުގެ ހެދުނު 7:00 އިން ފެށިގެން ހަވީރު 6:00 އަށެވެ.ބައިކް މޯލްޑިވްސްއަކީ 2016 ވަނަ އަހަރުން ފެށިގެން ބައިސްކަލު ދުއްވުމުގެ އާދަ ކުރިއެރުވުމަށް މަސައްކަތް ކުރައްމުން ގެންދާ އަމިއްލަ ޖަމިއްޔާއެއް އަދި "ޔޫނިއަން ސައިކްލިސްޓް އިންޓަނޭޝަނަލް"ގެ މެންބަރެކެވެ. ދިރާގާއި ބައިކް މޯލްޑިވްސް އިން މި އިވެންޓް ބޭއްވުމުގެ އަމާޒަކީ ވީހާވެސް ގިނަ ކުދިން ޅަފަތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް އަހުލުވެރިކުރުމެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރުކޮށް، އިންޖީނުލީ އުޅަނދުތައް މަދުކުރުމަށް އެއްބާރުލުން ދިނުމަށެވެ. މި އިވެންޓަކީ ދިރާގުގެ ހުރިހާ އިވެންޓެކޭވެސް އެއްފަދައިން ޕްލާސްޓިކް ފްރީ އިވެންޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ