ޝަލަބީގެ "އާދޭސް" ވަރަށް މަޑުމައިތިރި

ޝަލަބީ އިބްރާހީމްގެ ފުރަތަމަ ވީޑިއޯ ލަވަ ވެސް ވާނީ އާންމުކޮށް އޭނާ ކިޔާފައި ހުރި ކަހަލަ މަޑުމައިތިރި ލޯބީގެ ލަޔަކަށް ކަމަށް އޮތީ ބެލެވިފަ އެވެ. "އާދޭސް" އަކީ ހަމަ އިހުސާސްގެ ލަވައެއްތޯ ޔަގީންކޮށްލަން މިއީ އޭގެ ޓީޒާ އެވެ.
ފޭސްބުކްގައި އާންމުކުރި އެ ޓީޒާ މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ ބަލައިފަ އެވެ.
މި ލަވައަކީ ހަމަ މަޑުމައިތިރި ލޯބީގެ ލަވައެކެވެ. ތަންކޮޅެއް ހިތާމަވެރި އިހުސާތަކެއް ގެނުވައިދޭ ކަހަލަ ލަވައެކެވެ.
މުޅި ލަވަ ޝަލަބީ ބެލުންތެރިންނަށް ދޫކޮށްލާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ. އެރޭ އޮންނަ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްހެ ފިނާލޭގައި ޝަލަބީގެ "އާދޭސް" ރިލީޒް ކުރާނެ އެވެ.
ޝަލަބީގެ ވީޑިއޯ ލަވައިގެ ޓީޒާ.
ޝަލަބީގެ ވީޑިއޯ ލަވައިގެ ޓީޒާ.މިހާރު ދައްކާލައިފައިވާ ޓީޒާ އިން ފެންނަ ގޮތުގައި މި ލަވައިގެ ވީޑިއޯ ވަރަށް ތަފާތު ވާނެ ކަމަށް ބެލެވެ އެވެ. ޓީޒާ އިން ފެންނަނީ ޝަލަބީ އާއި ޝަމްއަތު އިބްރާހީމެވެ. އެއީ "އިލް ނޮއިސް" ގެ ބަތަލާ އެވެ.
އެ ދެ މީހުންގެ އިތުރުން "އާދޭސް" ލަވައިން ވިންފާޒް، ޔައްމު އަދި ދާއި ވެސް ފެނިގެން ދާނެ އެވެ.
މި ލަވައަކީ މިދިޔަ އަހަރު ޓީވީއެމުން ގެނެސް ދިން މޯލްޑިވިއަން އައިޑޮލް އިން ދެވަނަ އަށް ދިޔަ ޝަލަބީ ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފުރަތަމަ ވީޑިއޯ ލަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ