ރެސިޕީ: ޗޮކްލެޓް މޫސް ކޭކު

ޗޮކްލެޓް މޫސް ކޭކު
ބޭނުންވާ ތަކެތި:
½ ޖޯޑު ޒުވާރި ފުށް¼ ޖޯޑު ކޮކޯ ޕައުޑާ4 ޖޯޑު ކިރު½ ޖޯޑު ހަކުރު½ ޖޯޑު ވިޕިން ކްރީން½ ޑާކް ޗޮކްލެޓް (ގާނާފަ، ޑާކް ޗޮކްލެޓްގެ ބަދަލުގައި ބޭނުން ވައްތަރެއްގެ ޗޮކްލެޓެއް ބޭނުން ކުރެވިދާނެ)1 ސައިސަމުސާ ވެނީލާ އެސެންސްކުޑަ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ޒުވާރިފުށްކޮޅާ ކޮކޯ ޕައުޑާކޮޅާ އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ކިރުކޮޅުއަޅާ އެއްކޮށްލާށެވެ. ކިރުކޮޅު އަޅަމުންދާއިރު މަޑުމަޑުން ގިރަން ވާނެއެވެ. އެއްކޮށްގިރާ ނިމުމުން ތެއްޔަކަށް ފުރާނާލާށެވެ. ދެން ހަކުރާއި ވިޕިން ކްރީމް ކޮޅުއަޅާ މަޑުގިނީގައި ކައްކާލާށެވެ. ކައްކަމުން ދާއިރުވެސް މަޑުމަޑުން ހާކަން ވާނެއެވެ. އެއްކޮށް އޮލަވަންދެން ކެއްކުމަށްފަހު ޗޮކްލެޓްކޮޅުއާ އެއްކޮށް ވިރެންދެން ކައްކާލާށެވެ.
ދެން އޭގެ ތެރެއަށް އެސެންސް ކޮޅުއަޅާ އެއްކޮށްލުމަށްފަހު ޓްރޭއަކަށް އަޅާލާށެވެ. ޓްރޭގައި ބޭކިން ޕޭޕާއަޅަން ވާނެއެވެ. އެހެން ނޫންނަމަ ކޭކު ނައްޓަން އުދަނގުވާނެއެވެ. ފްރިޖްގައި މަދުވެގެން 8 ގަޑިއިރު ކޭކު ބައިދަން ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ