2018 ވަނަ އަހަރަކީ ދިވެހި ރައްޔިތުން މިނިވަންވެގެން ދާނެ އަހަރު ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީ ތަކުން މިރޭ މިރޭ ރ. މަޑުއްވަރީގަ ކުރިއައް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޖޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު އިންތިޒާރުކުރަމުން ދަނީ އިންތިހާބަށް ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ 2018 ގެ އިންތިޒާރުގައި އިރާދަކުރެއްވިޔާ 2018 ވަނަ އަހަރު ވެގެން ދާނީ ރައީސް ޔާމީން ބަލިކޮށް ދިވެހި ލޮބުވެތި ރައްޔިތުން މިނިވަންވެގެން ދާނެ އަހަރު" ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ ތަރައްޤީއޭ ކިޔާފައި އެގެންނަ ތަރައްޤީއަކީ ހަޤީގަތުގައި އަޅުގަނޑުމެންގެ ދަރީންގެ ދަރީގެ ބޮލުގައިވެސް އަޅުވަމުންދާ ބޮޑު ލޯނެއް ކަމަށާއި މާދަމާ އެ ލޯނު ދައްކަން ޖެހޭނެ ކަމަށެވެ. އަދި ވަގު ފައިސާ އެކައުންޓައް ވަދެގެންނާއި ރާއްޖޭގެ ރައްތަށް ވިއްކައިގެން ހޯދާ ތަރައްޤީ އެއްވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ ރައްޔިތުންނައް ބިރުދައްކާ ރައްޔިތުންނައް ނުފޫޒު ފޯރުވާ ގަދަކަމުން މިނިވަންކަން ނަގާލައިގެން ހުރިހާ މިނިވަން މުވައްސަސާއެއް އަތްދަށުލައިގެން ތިބި ތިބުމަށް ނިމުން އަންނަން ވަރަށް ކައިރިވެއްޖެ ކަމަށެވެ.
ކުޅުދުއްފުށީ އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރަން އެންގި އެގުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރޮޒޭނާ ވިދާޅުވީ އެމްޑީޕީގެ ބޮޑު ދިދަ މަތީގައި އިންނާތީ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ފަސްޖެހިވަޑައިގަންނަވަނީ ކަމަށެވެ.
ނަމަވެސް އެމްޑީޕީ ދިދަ ތިރިކޮއްފައިވަނީ ގައުމީ ދިދައައް ވުރެން މަތީގައި އިންނާތީއެވެ. ޤައުމީ ދިދައަށްވުރެ މައްޗަށް އެއްވެސް ދިދައެއް ނެގުމަކީ މަނާކަމެކެވެ.
2018 އަކީ ދިވެހި ރައްޔިތުން މިނިވަންވެގެން ދާނެ އަހަރު - ރޮޒޭނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ