ވޯޓަށް ތައްޔާރުވާއިރު މައްސަލަތައް ހައްލުކުރަން ޖެހޭ- މައުމޫން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ތައްޔާރުވާއިރު، ހުރިހާ ކަންބޮޑުވުންތަކާއި ޝައްކުތަކުން ދުރުވެ، މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
"އެންމެން ގުޅިގެން " މިނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި    ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ދެވަނަ ބުރަކަށް ކުރިމަތިލާއިރު ރައީސް ވަހީދުގެ ތާއީދުވެސް އޮތީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީންއަށް ކަމަށެވެ.
އަދި އެމް.ޑީ.ޕީގެ ކެންޑިޑޭޓް ފިޔަވާ ހުރިހާ ކެންޑިޑޭޓުންވެސް ތިބީ އެއް ވިސްނުމެއްގައި ކަމަށާއި، އެއީ "ބޮޑުފަޅި" ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ޕީޕީއެމުން ވަކިވެފައިވާ ކަމަށް ދެކެވަމުންދާ ވާހަކަތަކެއްވެސް ޕީޕީއެމްގެ ރައީސް ދޮގުކުރެއްވިއެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމްއަށް ތާއިދު ކުރެއްވުމަށް ނިންމެވި ޑީއާރުޕީގެ އިސް ބޭފުޅުންގެ ތެރެއިން ތެރެއިން ބައެއް ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މިގޮތުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދުގެ ވާހަކަފުޅުގައި ޑީ.އާރު.ޕީގެ ކައުންސިލުން އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުމަކީ ޑިމޮކްރަސީ ފަނާކޮށް ނެތިކޮށްލުމަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވިއެވެ.
ޑީ.އާރު.ޕީގެ ވިންދަކީ ރައީސް ނަޝީދާ ދެކޮޅު ވިންދެއް ކަމަށްވެސް ވިދާޅުވިއެވެ.
 
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރައްވާ ޑީއާރްޕީގެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު މުހައްމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ