ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމްގެ ހެޑް ކޯޗްއަކަށް އަހުމަދު ނާހިދު


ތިންވަނަ ސާބާ ޗެންޕިއަންޝިޕް ބާސްކެޓް ބޯލް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމްގެ ހެޑް ކޯޗްއަކަށް އަހުމަދު ނާހިދު ހަމަޖައްސައިފިއެވެ.  
 
ބާސެކްޓް ބޯލް އެސޯސިއޭޝަންއިން މަޢުމާތުދިން ގޮތުގައި ގައުމީ ޓީމްގެ ހެޑް ކޯޗްއަކަށް ނާހިދު ހަމަޖައްސާފައިވާއިރު އެސިސްޓަންޓް ކޯޗްއަކަށް ހަމަޖައްސާފައިވަނީ ފަޔާޒެވެ.
 
މީގެ އިތުރުން ފުރަތަމަ ސާބާ ތްރީ އޮން ތްރީ ބާސްކެޓް ބޯލް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމްގެ ހެޑް ކޯޗްއަކަށް ހަމައްސާފައިވަނީ މުހައްމަދު ވަހީދެވެ. ސާބާ ޗެންޕިއަންޝިޕް ކުރިއަށްދަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަންނަ މަހުގެ ސައުއްވީހުން އޮނަތިރީހަށް އަދި ފުރަތަމަ ތްރީ އޮން ތްރީ ބާސްކެޓް މުބާރާތް ކުރިއަށްދަނީ މިމަހުގެ ސައުއްވީހުން އަށާވީހަށެވެ.
 
ބާސެކްބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި ނާހިދު މިމަގާމްއަށް ހަމަޖެއްސީ އެކްސްކޯއަށް ހުށައެޅުނު ތިންނަމަކަށް މަޝްވަރާ ކުރެވުމަށްފަހުގައިކަމަށެވެ. އަދި އެތިން ނަމުގެ ތެރެއިން މިކަމަށް އެންމެ މިވަގުތު ގާބިލްއީ ނާހިދުކަމަށްވާތީކަމަށް ވާތީކަމަށްވެސް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއެޝަންއިން މަޢުލުމާތުދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ