ހއ.އުތީމުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އެރަށުގެ 66 ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފި

ހއ.އުތީމުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އުތީމު ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން އެރަށުގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 66 ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފިއެވެ.
މި ޑިސެމްބަރ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިޕްރޮގްރާމަކީ އަޕަރ ނޯތު ޕޮލިސް ޑިވިޜަނުން ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭންގެ ލަނޑުދަނޑި ޙާސިލްކުރުމަށްޓަކައި، ހއ. އުތީމު ޕޮލިސް ޑެސްކްގެ ފަރާތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގެ ދަށުން އުތީމުގެ ގޭގެއަށް ޒިޔާރަތްކޮށް، ކުށްތަކުން ސަލާމަތްވުމާއި ރައްކާތެރިކަން ހޯދާނެ ގޮތްތަކާއި ކުށްތަކުން ސަލާމަތްވުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރެވޭނެ ކަންކަމާއި ފުލުހުންނާމެދު ރައްޔިތުންގެ ދެކޭގޮތާއި ޕޮލިސް ޑެސްކްގެ ނަމްބަރަށް ރަށުގެ ރައްޔިތުން އަހުލުވެރި ކުރުމުގެ ގޮތުންނާއި ކުށްމަދުކުރުމާގުޅޭ ތަފާތު މަޢުލޫމާތު ހިމެނޭ ލުއިފޮތެއް ހަދިޔާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ