ފެނަކަ އިންވެސް ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓް

މިދިޔަ ޖޫން މަހުގެ ކަރަންޓުބިލުން ފެނަކަ އިން ވެސް 40 އިންސައްތަ ޑިސްކައުންޓު ދޭން ނިންމަވައިފި އެވެ. އެކަމަކު ފެނަކައިން ކަރަންޓު ބިލްތަކުން 40 ޕަސެންޓް ދޭން ނިންމީ ކީއްވެކަމެއް ހާމައެއް ނުކުރެއެވެ.
އެ ކުންފުނިން ޑިސްކައުންޓް ދޭން ނިންމިއިރު ޖޫން މަހުގެ ކަރަންޓު ބިލް އާދަޔާ ޚިލާފަށް ބޮޑު ކަމަށް ބުނެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް ގޮސް ރައްޔިތުންގެ މަޖިލީހުގައި އެކަމާމެދު ބަހުސުކުރަމުން ދަނިކޮށް ސްޓެލްކޯއިން ވަނީ މީގެ ދެދުވަސް ކުރިން އެކުންފުނީގެ ކަރަންޓް ބިލްތަކުން 40 އިންސައްތަ ޑިސްކައުންޓް ދޭން ނިންމާފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޖޫން މަހުގެ ކަރަންޓު ބިިލްތަކުން 40 އިންސައްތަ ޑިސްކައުންޓު ފެނަކަައިގެ ކަސްޓަމަރުންނަށް ދިނުމަށް ސަރުކާރުން ނިންމަވައިފި ކަމަށެވެ.
June mahuge karantu billthakun 40% discount Fenakaige customerunnah ves dhinumah sarukaarun nimmavaifi.
— Fenaka Corporation Ltd (@TeamFenaka) July 4, 2020
ރާއްޖޭގެ އެކި ރަށްރަށުގައި ފެނަކައިން 145 އަށް ވުރެ ގިނަ ބްރާންޗް ތަކުން ހިދުމަތް ދެމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ