މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓް ދޭން ފެނަކައިން ވެސް ނިންމައިފި

ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދޭ ފެނަކައިން ޖޫން މަހުގެ ބިލްތަކަށް 40 ޕަސެންޓްގެ ސަބްސިޑީ ދޭން ނިންމައިފި އެވެ.
މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވެ، ޝަކުވާ ބޮޑުވުމުން ސްޓެލްކޯއިން ވެސް ވަނީ ބިލްތަކަށް 40 ޕަސެންޓް ސަބްސިޑީ ދޭން ނިންމައިފަ އެވެ.
June mahuge karantu billthakun 40% discount Fenakaige customerunnah ves dhinumah sarukaarun nimmavaifi.— Fenaka Corporation Ltd (@TeamFenaka) July 4, 2020
ޑިސްކައުންޓް ދޭން ނިންމިކަން ފެނަކައިން އިއުލާން ކުރުންފެނަކައިން މިއަދު ކުރި ޓްވީޓެއް ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް މިދިޔަ މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓްގެ ސަބްސިޑީއެއް ދޭން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.
Midhiya mahuge karantu bill in 40 percent discount dheyn nimmaifi
Mihaaru
ސްޓެލްކޯއިން ޑިސްކައުންޓް ދޭން ނިންމުންކަރަންޓް ބިލުބޮޑުވި ސަބަަބުތައްް ހާމަކޮށް، ލުއިތަކެއް ދޭނެކަން ސްޓެލްކޯއިން އިއުލާނު ކުރީ ޖޫންމަހުގެ ބިލް އަދާޔާ ހިލާފަށް ބޮޑުކަމަށް ބުނެ އާއްމުންގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.
ބިލްތަކަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމެއް ވެސް ވަނީ ހަމަޖައްސައި ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ