އާޝިގީ 2 އަކަށް ފާޑު ކިޔުންތައް އޮއްސާލައިފި

އެކަށީގެންވާ ވަރަށް ފިލްމުގައި ލޯބީގެ ބައި ހިމަނާފައި ނުވާ ކަމަށް ބުނެ، "އާޝިގީ 2" އަކަށް ބައެއް ފަރާތްތަކުން ފާޑުކިޔައިފި އެވެ.
މިއަދު ރިލީޒްކުރި މި ފިލްމާމެދު އެކި ފަރާތްތަކުން ލިޔެފައިވާ ރިވިއުތަކަށް ބަލާއިރު، 1990 ވަނަ އަހަރު އުފައްދާފައިވާ އާޝިޤީ ފަދައިން މި ފިލްމަކީ ވެސް މިއުޒިކާއެކު ލޯބި އޭގެ އިންތިހާ އަށް ދައްކުވާދޭނެ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ކުރިން ބުނެފައިވީ ނަމަވެސް ފިލްމުން އެކަމެއް ނުފެނުނެވެ. އަދި ފިލްމްގެ ޕްލޮޓްގައި އޮޅުންބޮޅުން ގިނަވެފައިވާ ކަމަށް ރިވިއު ލިޔުނު ފަރާތްތައް ބުނެ އެވެ.
އާޝިޤީ ކުރީގެ ފިލްމްގެ ކޮންސެޕްޓް ގެ މައްޗައް ބިނާ ކޮށްގެން ތައްޔާރު ކޮށްފައިވާ މި ފިލްމް ޑައިރެކްޓް ކޮށްދީފައި ވަނީ މޯހިތް ސޫރީއެވެ. ޕްރޮޑިއުސަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ މުކޭޝް ބަޓާއި ކްރިޝަން ކުމާރާއި ބުޝަން ކުމާރު އެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ އަދިއްތިޔަ ރޯއި ކަޕޫރާއި ޝްރައްދާ ކަޕޫރް އެވެ. ފިލްމާއި ބެހޭ ގޮތުން ކުރިން ޕްރޮޑިއުސަރު މުކޭޝް ބަޓް ބުނެފައިވަނީ މި ފިލްމުން ސިނަމާގެ ރަން އަހަރު ތައް ދައްކުވައި ދޭނެ ކަމަށާއި މެދު ފަންތީގެ އުސޫލްތައް ވެސް ވަރަށް ފުރިހަމަ އަށް ދައްކުވައިދޭނެ ކަމަށެވެ.
މީގެ އިތުރުން ފިލްމާ ގުޅޭ ގޮތުން ބޫޝަން ކުމާރު ބުނެފައިވާ ގޮތުން މި ފިލްމަކީ ލޯބީގެ އެންމެ ފުން އިޙްސާސްތަކާއި އަސަރުތައް ފެނިގެން ދާނެ ފިލްމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ