ރަށްރަށުގެ ނިކަމެތި ރައްޔިތުން "ދަރުވާލުމަކީ" ހެދޭ ބޮޑު ގޯހެއް: އަލީ ހުސައިން

އަމިއްލަ އުފަންވި ހިތްގައިމު ރީތި ރަށްތަކުގައި އުފާވެރި ހަޔާތެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ބަދަލުގައި، ތިން ލައްކަ މީހުން މާލެ ސަރަހައްދަށް ގެނައުމަށް އެ ނިކަމެތި ރައްޔިތުން "ދަރުވާލުމަކީ" ހެދޭ ބޮޑު ގޯހެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސައިން މިހެން ވިދާޅުވެފައިމިވަނީ, އިތުރު ތިން ލައްކައަށް ވުރެ ގިނަ މީހުން މާލެ ސަރަހައްދަށް ގެންނަން ނިންމާފައިވާކަން ރައީސް ޔާމީން ބުރާސްފަތި ދުވަހުގެރޭ ހާމަކުރެއްވުމާއި ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ވިލިމާލެއަށް އިތުރު 315000 މީހުން ޖަމާކުރައްވަނީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސް ޔާމީން ގެންގުޅުއްވާ "ޓޯޓަލް ސޮލިއުޝަން" ސިޔާސަތުގެ ތެރެއިންނެވެ. އެ ސިޔާސަތު ހާމަކުރެއްވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީންގެ މި ވިސްނުންފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަލީ ވިދާޅުވީ 3 ލައްކަ މީހުން މާލެ ސަރަހައްދަށް ގެނައުމަކީ އިޤްތިސާދީ އަދި އިޖުތިމާއީގޮތުން ހިންގޭ ބޮޑު ޖަރީމާއެއް ކަމަށެވެ.
އަދި ވިދާޅުވީ އުފަންވި ރީތި ރަށްތަކުގައި އުފާވެރި ހަޔާތެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ބަދަލުގައި، ތިން ލައްކަ މީހުން މާލެ ސަރަހައްދަށް ގެނައުމަށް ނިކަމެތި ރައްޔިތުން "ދަރުވާލުމަކީ" ހެދޭ ބޮޑު ގޯހެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ