ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރީ ދޮގު އިލްޒާމްތަކެއްގައި ކަމަށް، އިދިކޮޅު ޕާޓީތަކުގެ ގުޅިފައިވާ ކޯލިޝަނުން މިރޭ ބުނެފި އެވެ.
މ. ކުނޫޒުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ގާސިމް ހައްޔަރު ކުރުމުން ފެނިގެން ދަނީ ސަރުކާރު ގޮތް ހުސްވެފައިވާ ތަން ކަމަށާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުގައި ސަރުކާރު ބަލިވެއްޖެ ކަން ކަމަށެވެ.
އޭނާ ވިދާޅުވީ، ގާސިމް ހައްޔަރު ކުރި ކަމުގައި ވިޔަސް، ގައުމު އިސްލާހު ކޮށް ސަރުކާރު ހަމަ މަގަށް އެޅުވުމަށް ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ....
ގާސިމް ހައްޔަރުކުރީ ދޮގު އިލްޒާމްތަކެއް އަޅުވާފައި: އިދިކޮޅު ކޯލިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ