ރައީސް މައުމޫން ސައުދީ ވަލީއަހުދާއި ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދި އަރަބިއްޔާގެ ކުރައުން ޕްރިންސް ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދު އާއި ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެވެ.
އަދި މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ޒައާމަތުގައި ސައުދީ ސަރުކާރުން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
ސައުދީ ވަލީއަހުދު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެވެ. އެމަނިކުފާނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް ޔާމީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ