"ގްލޯބަލް މަނީ ވީކް"ގެ ކުރެހުމުގެ މުބާރާތުގެ ވަނަތައް ހޮވައިފި

ބައިނަލްއަގްވާމީ ފެންވަރެއްގައި ފާހަގަކުރަމުން އަންނަ "ގްލޯބަލް މަނީ ވީކް" ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރުމުގެ ގޮތުން ބޭއްވި ސްކޫލް ކުދިންގެ ކުރެހުމުގެ މުބާރާތް ނިންމާލައި ވަނަ ވަނަ އަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަދާނީ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
އެ ކުރެހުމުގެ މުބާރާތުގައި މާލޭގެ ހުރިހާ ސްކޫލަކުންނާއި ހުޅުމާލޭގެ ސްކޫލަކުން ބައިވެރިވެފައިވާ އިރު، އެ މުބާރާތުގައި ޖުމްލަ 400 ކުރެހުން ހުށައަޅާފައިވާ ކަމަށް ނެޝަނަލް އާޓްސް ގެލެރީއިން ބުނެ އެވެ.
އެ ކުރެހުމުގެ މުބާރާތުން ގްރޭޑް އެކެއްގެ ކެޓަގަރީން ގިޔާސުއްދީން ސްކޫލްގެ ދަރިވަރު ރާއިދު އަލީ އެއް ވަނަ ހޯދާފައިވާ އިރު ގްރޭޑް ދޭއަކާއި ތިނަކާ ދެމެދުގެ ކެޓަގަރީން އެއް ވަނަ ހާސިލްކޮށްފައި ވަނީ ގިޔާސުއްދީން ސްކޫލްގެ އިޔާން ފަޒާލް ހަސަން އެވެ. އަދި ގްރޭޑް ހަތަރަކާ ފަހަކާ ދެމެދުގެ ކެޓަގަރީން އަމީނިއްޔާ ސްކޫލްގެ ދަރިވަރު ޝައިހާ އަހްމަދު އެއް ވަނަ ހޯދާފައިވާ އިރު މުޅި މުބާރާތުން ވެސް އެއްވަނަ ހޯދާފައި ވަނީ ޝައިހާ އަހްމަދު އެވެ.
މާޗް މަހުގެ 10 އިން ފެށިގެން 17 ވަނަ ދުވަހާ ހަމަ އަށް ކުރިއަށް ގެންދިޔަ ގްލޯބަލް މަނީ ވީކްގައި ހުރިހާ ސްކޫލަކުން ހުށަހަޅާފައިވާ ކުރެހުންތައް ވަނީ އާންމުންނަށް ދައްކައިލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ