ކަރަންޓުގެ އަގަށް ގެނެސްފައިވާ އާ ބަދަލަށް އަމަލުކުރަން ފަށައިފި
ސަރުކާރުން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުން ސަބްސިޑި ކަނޑާލައި ހުރިހާ ރަށެއްގައި ވެސް ކަރަންޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމި ނިންމުން މިއަދު ތަންފީޒު ކުރަން ފަށައިފި އެވެ. ސްޓެލްކޯ އިން އިއްޔެ ވަނީ މާލެ ސަރަހައްދުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ގެތަކުގެ ކަރަންޓު ރީޑިން ވެސް ނަގައިފަ އެވެ. އެނާޖީ މިނިސްޓްރީ އާއި ސްޓެލްކޯ އަދި ފެނަކަ ގުޅިގެން އަލަށް އެކުލަވައިލި އޮނިގަނޑުގައިވާ ގޮތުން މާލޭގައި ކަރަންޓަށް އަގު ނަގާނީ ވަކި ރޭޓަކުންނެވެ. އަދި ސްޓެލްކޯ އިން ރަށްރަށުގައި ކަރަންޓަށް އަގު ނަގާނީ ވަކި ރޭޓަކުންނެވެ. އަދި ކަރަންޓު ޔުނިޓަކަށް ދައްކަން ޖެހޭ އަގަށް ބަލާއިރު ދޭދޭ ރަށްތަކުގެ މެދުގައި ތަފާތެއް ނެތެވެ. އެނާޖީ މިނިސްޓްރީ އާއި ސްޓެލްކޯ އާއި ފެނަކަ އަދި އެންސްޕާ ގުޅިގެން ދާދިފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެތަންތަނުން ބުނީ މާޗް މަހުގެ ކަރަންޓް ބިލް ހިސާބުކުރާނީ އަގަށް ގެނައި އާ ބަދަލުން ކަމަށެވެ. އަގުތަކަށް އައި ބަދަލު، މާލެ ސަރަހައްދު: 301-400 ޔުނިޓް: ކުރިން ނެގީ 2.95 . މިހާރު ނަގަނީ 2.70 . ބަދަލު: -0.25 ރުފިޔާ 201-300 ޔުނިޓް: ކުރިން ނެގީ 2.50 . މިހާރު ނަގަނީ 2.35 . ބަދަލު: -0.15 ރުފިޔާ 101-200 ޔުނިޓް: ކުރިން ނެގީ 2.50 . މިހާރު ނަގަނީ 2.20 . ބަދަލު: -0.30 ރުފިޔާ 0-100 ޔުނިޓް: ކުރިން ނެގީ 2.25 . މިހާރު ނަގަނީ 2.10 . ބަދަލު: -0.15 ރުފިޔާ އަގުތަކަށް އައި ބަދަލު، އަތޮޅުތައް: 301-400 ޔުނިޓް: ކުރިން ނެގީ 5.00 . މިހާރު ނަގަނީ 3.50 . ބަދަލު: -1.50 ރުފިޔާ 201-300 ޔުނިޓް: ކުރިން ނެގީ 4.50 . މިހާރު ނަގަނީ 3.40 . ބަދަލު: -1.10 ރުފިޔާ 101-200 ޔުނިޓް: ކުރިން ނެގީ 4.25 . މިހާރު ނަގަނީ 3.30 . ބަދަލު: -0.95 ރުފިޔާ 0-100 ޔުނިޓް: ކުރިން ނެގީ 3.75 . މިހާރު ނަގަނީ 3.00 . ބަދަލު: -0.75 ރުފިޔާ ކަރަންޓް ބޭނުންކުރާ މިންވަރު 400 ޔުނިޓަށް ވުރެ މަތިވާ ނަމަ އަގު ބޮޑުވެ އެވެ. އެގޮތުން 401-500 ޔުނިޓާ ދެމެދުގެ ޓެރިފަކީ 3.35 ރުފިޔާ އެވެ. އަދި 501-600 ޔުނިޓާ ދެމެދުގެ ޓެރިފަކީ 3.95 ރުފިޔާ އެވެ. އަދި 600 ޔުނިޓުން މަތީގެ ޓެރިފަކީ 4.25 ރުފިޔާ އެވެ. މި ތިން ކެޓަގަރީން އިތުރުވާނީ 0.40 ރުފިޔާ އެވެ. އަތޮޅުތަކުން ވެސް ކަރަންޓް ބޭނުންކުރާ މިންވަރު 400 ޔުނިޓަށް ވުރެ މަތިވާ ނަމަ އަގު ބޮޑުވެ އެވެ. އެގޮތުން 401-600 ޔުނިޓާ ދެމެދުގެ ޓެރިފަކީ 5.50 ރުފިޔާ އެވެ. ފެނަކަ އަށް ބަލާލާ އިރު، ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތްދޭ ހުރިހާ ރަށްތަކުގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބިލްކުރެވޭނީ އެއް ރޭޓެއްގަ އެވެ. އެ ބަދަލާއި ގުޅިގެން ބިޒްނަސް ކެޓަގަރީގެ ކަސްޓަމަރުންނަށް ބިލްކުރެވެމުން ދިޔަ ރޭޓަށް ބަދަލެއް ނާންނާނެ އެވެ. އަދި ކަރަންޓް ބޭނުންކުރާ މިންވަރު 400 ޔުނިޓަށް ވުރެ އިތުރު ނުވާ ނަމަ، ބިލަށް އިތުރުވެގެން ދާނީ ގާތްގަނޑަކަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. އޭގެ އިތުރުން ޑީސަލް ލީޓަރެއްގެ އަގު 10.75 ރުފިޔާ އަށްވުރެ އިތުރު ނުވާ ނަމަ، 400 ޔުނިޓަށް ވުރެ ދަށުން ކަރަންޓް ބޭނުންކުރައްވާ ފަރާތްތަކަށް ފިއުލް ސާޗާޖް ދައްކާކަށް ނުޖެހޭނެ އެވެ. ކަރަންޓް ބޭނުންކުރާ މިންވަރު 500 ނުވަތަ 600 ޔުނިޓް ނަމަ ބިލަށް އިތުރު ވެގެންދާނީ 192.50 ރުފިޔާ އާއި 260.00 ރުފިޔާއާ ދެމެދުގެ އިތުރު ވުމެކެވެ. މިއަދުން ފެށިގެން ފެނަކައިން 0-100 ޔުނިޓާ ދެމެދަށް ނަގާނީ ޔުނިޓަކަށް 3.00 ރުފިޔާގެ ރޭޓުންނެވެ. އަދި 101-200 ޔުނިޓާ ދެމެދު 3.30 ރުފިޔާގެ ރޭޓުން ބިލްކުރާ އިރު، 201-300 ޔުނިޓާ ދެމެދަށް ނަގާނީ 3.40 ރުފިޔާގެ ރޭޓުންނެވެ. އަދި 301-400 ޔުނިޓާ ދެމެދަށް 3.50 ރުފިޔާގެ ރޭޓުން ޗާޖްކުރާ އިރު 400 ޔުނިޓަށް ވުރެ މަތިން ބޭނުންކުރާ ނަމަ ޗާޖްކުރާނީ ޔުނިޓަކަށް 5.50 ރުފިޔާ އެވެ. އަލަށް މި ގެނައި ބަދަލާ އެކު ސަބްސިޑީ ކަނޑާލާފައިވާ އިރު، ކޮންމެ މަހެއްގެ ބިލަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރުވާނެ އެވެ. އެ ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ