3 ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްއިން ފުރުސަތު ހުޅުވާލައިފި

ފ. ބިލެއްދުއާއި، ލ.މާބައިދޫގެ އިތުރުން މ.މުލަކުގެ ރަށު ކައުންސިލުން ހުސްވެފައިވާ ގޮޑިޔަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް އެފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.
ޕީޕީއެމް އިން ބުނެފައިވަނީ މި ތިން ރަށުގެ ރަސު ކައުންސިލުން ހުސްވެފައިވާ ގޮޑިޔަށް އެޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންވާ ބޭފުޅުންނަށް މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އަދި މި ދާއިރާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެއްކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން އެއްދާއިރާއަށް ކުރިމަތި ލައްވާ ދާއިރާތަކުގައި ކެންޑިޑޭޓަކު ކަޑައަޅާނީ ޕްރައިމަރީ ބާއްވައިގެންކަމަށް ޕީޕީއެމުން ބުނެ އެވެ.
އޮކްޓޯބަރ 29 ވާ ހޯމަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ މި ބައި އިލެކްޝަންތަކަށް ޕީޕީއެމްއިން ފުރުސަތު ހުޅުވާލިއިރު ހަމަ މި ދުވަހު ހއ ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަން ވެސް ވަނީ އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ