ފުވައްމުލަކުގެ ހަތަރު އަވަށެއްގެ ހަތަރު މިސްކިތަކުން ކަރަންޓް ކަނޑައިލަން ރެޑް ނޯޓިސް ނެރުމާއި ގުޅިގެން އެ ހަތަރު މިސްކިތަށް ފާނޫޒާއި ފުޅި ބައްތި އާއި އުއްބަތި ހޯދުމަށް އިއުލާނުކޮށްފި އެވެ.
ސަދަން ޔުޓިލިޓީޒް ކުންފުނިން ރެޑް ނޯޓިސް ދީފައިވާ ހަތަރު މިސްކިތް ނިސްބަތްވަނީ ފުނާޑު ކައުންސިލާއި ދިގުވާނޑު ކައުންސިލާއި މާދަޑު ކައުންސިލާއި އަދި ހޯދަޑު ކައުންސިލަށެވެ.
މި ހަތަރު ކައުންސިލުން އިއްޔެ ވަކިވަކިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން މިސްކިތްތަކުގެ ކަރަންޓް ބިލް ނުދައްކައިފިނަމަ ކަރަންޓް ކަނޑައިލާނެ ކަމަށް ސަދަން ޔުޓިލިޓީޒް ކުންފުނިން ކައުންސިލް ތަކަށް އަންގާފައިވާ ކަމަށެވެ. ކައުންސިލް ތަކުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ވޭތުވެދިޔަ ތިން މަހު، މިސްކިތްތަކުގެ ކަރަންޓް ބިލްތަކަށް ފައިސާ ނުދެއްކި ވަނީ ސަރުކާރުން އެކަމަށް ޚަރަދު ކުރަން ފައިސާ ދީފައިވާ ނުވާތީ ކަމަށާއި އެހެންކަމުން މިސްކިތްތައް ދިއްލާ އަލިކަން ގެނައުމަށްޓަކައި ހަތަރު އަވަށަށް ނިސްބަތްވާ މިސްކިތްތައް ދިއްލުމަށް ހެޔޮއެދޭ ފަރާތްތަކުން ފުޅިބައްތިއާއ ފާނޫޒާއި އުއްބައްތި ހަދިޔާ ކޮށްދިނުމަށް ކައުންސިލް އެދޭ ކަމަށެވެ.
ފުވައްމުލަކު ހަތަރު މިސްކިތެއްގެ ކަރަންޓް ބިލް ނުދެއްކިގެން ފުޅިބައްތިއާއ ފާނޫޒާއި އުއްބައްތި ހޯދަންޖެހޭ ހިސާބަށް ދިއުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރިމަސައްކަތް ކާމިޔާބެއް ނުވި އެވެ.
ކަރަންޓް ކަނޑާ ނޯޓިސް ނެރުމުން ފުވައްމުލަކު ހަތަރު މިސްކިތަކަށް ފުޅި ބައްތި ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ