ރައީސް މުހައްމަދު މުއިއްޒު، ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން މިއަދު ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން އެމްއޯޔޫއެއް ނުވަތަ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ސިންގަޕޫރުގެ ހާރިޖީ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި:
ރައީސް މުއިއްޒުގެ އިތުރުން ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ވަނީ ބައިވެރިވެވަޑައިގެންފައި
ތަފްސީލް - ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:
އިންސާނީ ވަސީލަތް ތަރައްގީކޮށް ގާބިލިއްޔަތުކަން އިތުރުކުރުމުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫ
ފަތުރުވެރިކަމާއި ތިމާވެށި ރައްކާތެރި ކުރުމުގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުމާ ގުޅޭ އެމްއޯޔޫ
ތައުލީމީ ފުރުސަތުތައް ހޯދުމާ ގުޅޭ ގޮޔުން ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަންއާ އެކު ސޮއިކުރި އެމްއޯޔޫ
ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވީ އިއްޔެ އެވެ.
ރައީސްގެ ސިންގަޕޫރު ދަތުރުގައި ތިން އެމްއޯޔޫއެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ