ވީބީ ބްރަދާސް އިން ކުރިއަށްގެންދިޔަ އަލްމުދިޝް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި ވީބީ ބްރަދާސް އިން ކުރިއަށްގެންދިޔަ އަލްމުދިޝް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ވީބީ ބްރަދާސް އިން ކުރިއަށްގެންދިޔަ އަލް މުދިޝް ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.
މިދިޔަ ނޮވެމްބަރު 1، އިން ފެށިގެން ޖެނުއަރީ 31، ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި އެއްވަނަ އިނާމަކަށް އެއްލައްކަ ރުފިޔާ، ދެވަނަ އިނާމަކަށް 50،000ރ. އަދި ތިންވަނަ އިނާމަކަށް 25،000ރ. ވަނީ ދީފަ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު 5،000ރ. ގެ ފައިސާގެ އިނާމު އަދި ކޮންމެ ދުވަހަކު 1.5 ކިލޯގެ އަލްމުދިޝް ކިރު ޕެކެޓެއް ހިލޭ ނަސީބުވެރިއަކަށް ދީފައިވެ އެވެ.
ދިވެހިންގެ އިތުބާރު ލިބިފައިވާ އަލްމުދިޝްގެ ހިކި ކިރު ދަޅު އަދި ދިޔާ ކިރު ޕެކެޓުގެ އިތުރުން އެ މަރުކާގެ ޓޮމާޓޯ ޕޭސްޓް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދަނީ ވީބީ ބްރަދާސްއިންނެވެ.
އަލްމުދިޝްގެ 400 ގްރާމް، 800 ގްރާމް، 1800 ގްރާމް އަދި 2250 ގްރާމުގެ ހިކި ކިރު ޕެކެޓު ވީބީން ދަނީ ވިއްކަމުންނެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރަމުން އަންނަ ވީބީ ބްރަދާސްގެ ހޯލްސޭލް ފިހާރަތައް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީގައި ހުރެ އެވެ.
މީގެއިތުރުން މާލޭގައި ހޯލްސޭލް ތިން ފިހާރަ ހުރިއިރު، ހުޅުމާލޭގައި އެއް ފިހާރަ ހުރެ އެވެ. އެ ކުންފުނިން އަންނަނީ ތިނަދޫ ސިޓީގައި ވެސް ހޯލްސޭލް ފިހާރައެއް ހުޅުވަން ތައްޔާރުވަމުންނެވެ.
ރީޓެއިލް ވިޔަފާރި ވެސް ފުޅާކޮށް ކުރަމުން އަންނަ ވީބީ ބްރަދާސްގެ ދެ މާޓު މާލޭގައި ހުރެ އެވެ. ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރަންޓް ރެސިޑެންސްގެ ގްރައުންޑު ފްލޯގައި ވީބީ ބްރަދާސްގެ އާ މާޓެއް ދާދި ފަހުން ވަނީ ހުޅުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ