މިދިޔަ މަހު މާލެ މަގުމަތިން ހުއްޓުވައި ސުވާލުކުރި 5،701 މީހުންގެ ތެރެއިން 5،023 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުން

މިދިޔަ މަހު މާލޭގެ މަގުތަކުން ހުއްޓުވައި ސުވާލުކުރި 5،701 މީހުންގެ ތެރެއިން 5،023 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުންކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ މަހު، މާލެ ފްރޮންޓްލައިން ޕޮލިސިންއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުގައި ބުނެފައިވާ ގޮތުން، މަގުމަތިން ހުއްޓުވައި، 5701 މީހުންނާއި ސުވާލުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ކުށުގެ ރެކޯޑު އޮތް 5،023 މީހުންނާއި، ކުށުގެ ރެކޯޑެއް ނެތް 678 މީހުންނެވެ. https://x.com/PoliceMv/status/2010703443313217720 ހަމައެއާއެކު މާލެ މަގުމަތިން މިދިޔަ މަހު 25 ވިސިބިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް ޕޮއިންޓް ބަލަހައްޓައި، 21،521 ލޮކޭޝަން ޗެކް ކޮށްފައިވެއެވެ. އަދި 103 ވެހިކަލް ޗެކް ޕޮއިންޓް ގާއިމުކޮށް، ފުލުހުން ފައިމަގުގައި 1،048 ގަޑި އިރާއި 43 މިނެޓް ޕެޓްރޯލް ކޮށްފައިވެއެވެ. މީގެ އިތުރުން މިދިޔަމަހު، 13 އެކްސިޑެންޓް ސީނަށާއި ވައްކަމުގެ 113 ސީނަކަށާއި، ފޭރުމުގެ ހަތް ސީނެއްގެ އިތުރުން މާރާމާރީގެ 20 ސީނެއް ހިމެނޭހެން ޖުމްލަ 153 ސީންއަށް ފުލުހުން ވަނީ އެޓެންޑު ވެފައެވެ. ފައިމަގުގައި ފުލުހަކު ޕެޓްރޯލްކުރަނީ -- ފޮޓޯ/ ފުލުހުން އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އަވައްޓެރި ފުލުހުން ކޮށްފައިވާ ބައެއް މަސައްކަތްތަކަކީ: ކޮމިއުނިޓީ އިންޓަރެކްޝަންސް: 1،069 މަސައްކަތް ހައްލުކުރުމަށް ކުރި މަސައްކަތް: 172 މަސައްކަތް ކޮންސާނިން ކުށަކާއި ގުޅުންހުރި: 52 މަސައްކަތް މަގުމަތީގައި ގަވައިދާއި ޚިލާފަށް އުޅޭ ފަރާތްތައް ހުއްޓުވައި މަގުތަކަކީ އަމާން ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން އަންނަނީ ދޭތެރެ ދޭތެރެއިން މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ކެމްޕެއިންތައް ބާއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި މަގުތަކުގައި ފުލުހުން ޕޯސްޓަރުތައް ހިފައިގެންނާއި އަޑުގަދަ ކުރާ ބޭނުންކޮށްގެން ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭންޖެހޭ މައުލޫމާތުތައް ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ