މާފުއްޓާއި އައްޑޫ ސިޓީގެ މެޗުން ވޮލީގެ އަންހެން ސުޕަ ލީގު ފަށަނީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ތައްޔާރުވާ ރާއްޖެ ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ކ. މާފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރަން ޖެހިއްޖެއެވެ. މި މުބާރާތަކީ މިއަހަރު ކަލަންޑަރުގައި ހިމަނައިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ މުބާރާތެކެވެ. ޖެނުއަރީ 4 އިން 12 ގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނީ ދެ ޕޫލަކަށް ބަހާލައިގެންނެެވެ. ކޮންމެ ޕޫލެއްގައި ހަތަރު ރަށް ނުވަތަ ސިޓީ ހިމެނެއެވެ. ޕޫލް އޭ ލ. ގަން ށ. ފުނަދޫ ކ. މާފުށި އައްޑޫ ސިޓީ ޕޫލް ބީ ލ. މާބައިދޫ ކ. ހުރާ ދ. މާއެނބޫދޫ މާލޭ ސިޓީ މުބާރާތުގެ މެޗު ޝެޑިއުލް މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު އެއް މެޗު އަދި ރޭގަނޑު އެއް މެޗެވެ. ސޯޝަލް އިންޑޯގައި މުބާރާތް ކުރިއަށްދާއިރު، ލީގު ބުރުގެ ކުޅުން 9 ޖެނުއަރީއާ ހަމައަށް ކުރިއަށްދާނެއެވެ. އެއަށްފަހު ކޮންމެ ޕޫލަކުން ރޭންކުކުރެވޭ އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ 12 ޖެނުއަރީ ގެ ރޭގަނޑު 20:30 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ