ތެލާއި ގޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާ އެތަކެތި ހޯދުމަށް އިތުރު މާކެޓްތައް ބަލަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން އެކަން ހާމަކޮށްފައިވަނީ މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. ނޫސްވެރީންގެ ބައްދަލްވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރަމާއާ ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑުތަނުން އުފުލިފައިވާ ކަމަށެވެ.
މާކެޓްގައި ތެޔޮ ފީފާއެއްގެ އަގު ހުރި ކަމަށް ރިޕޯޓް ކުރާ އަދަދުގެ ދެ ގުނައަށް ތެލުގެ އަގު އުފުލިފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ބަދަލާއެކު ރާއްޖޭގައިވެސް ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ތެލާއި ގޭސް އަދި ކާބޯތަކެތި ލިބޭނެ ކަން ކަށަވަރު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހާއްސަކޮށް ދެން އިތުރަށް ތެލުގެ އަގު އުފުލުނަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެސްޓީއޯގެ ފައިދާ ދަށްވި ނަމަވެސް ތެލުގެ އަގު ބޮޑުނުކޮށް ހިފެހެއްޓުން ހިމެނެ އެވެ. އަދި ތެލުގެ އަގު ހެޔޮ ކުރުމަށް އެސްޓީއޯއަށް އިތުރަށް ސަބްސިޑީ ދީގެން ވިޔަސް ރައްޔިތުންނަށް ދަތިނުވެ ތެޔޮ ލިބޭނެ ގޮތް ހަަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ ތެލުގެ އަގަށް ބަދަލު ގެންނަނީ "ހަމަ ތިބެފައި" ނޫން ކަމަށެވެ.
"ތެލާއި ގޭހަށް ބަލާއިރު އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އިރާދަފުޅުކުރެއްވިއްޔާ އެބަހުއްޓޭ. އެކަމަކު ތެލުގެ އަަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފި," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ޖަނަވަރީ މަހު އެސްޓީއޯއަށް އައު ތެޔޮ ބޯޓެއް ގަނެފައިވާ ކަމަށެވެ. މި ހާލަތަށް ބަލާއިރު އެއީ ކުރެވުނުު ވަރަށް ރަނގަޅު ކަމެއް ކަމުގައި ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެއް ބޯޓް ތެޔޮ ބަރުކޮށް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި އެ ބޯޓް ރާއްޖެ އަންނާނެ ކަމަށެވެ. އަނެއް ބޯޓް ވެސް ތެޔޮ ބަރުކޮށްގެން ވަރަށް އަަވަހަށް ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ތެލާއި ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓްތައް ބަލަމުންދާ ކަމަށް ވެސް މިނިސްޓަރުން ވިދާޅުވި އެެވެ. އެ މަަސައްކަތުގައި ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ތެލާއި ގޭސް ހުސްނުވެ ލިބޭނެ، އިތުރު މާކެޓްތައް ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ