މޫސުން ގޯސްވާތީ ސަމާލުވެ ރައްކާތެރިވާން އިލްތިމާސްކޮށްފި

ކުރިއަށް އޮތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ގޯސް ފަސް ދުވަސް ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ. 
މި ވަގުތު ރާއްޖޭގެ އިރުދެކުނުން ކޮޅިގަނޑެއް އަދި އިރުއުތުރުން ލޯޕްރެޝާ ޓްރަފެއް އުފެދިފައިވެ އެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާ އެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެ އެވެ. 
އެ އިދާރާއިން މިއަދު ވެސް ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މިއަދުގެ 5:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ކޮޅިގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގެއަށް ފެންނަ ނުވަންނަ ގޮތަށް ދުރާލައި ވެލި ބާސްތާ ފަދަ ތަކެތި ޖައްސާފައި ބަހައްޓަން އިލްތިމާސްކޮށްފައިވެ އެވެ. 
އޭގެ އިތުރުން: 
The most trusted news source in the Maldives
ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، ދެ މޫސުން ބެދޭ މި ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުކޮށް ވިއްސާރަކުރެ އެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.
މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ