ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އާމިނަތު އަބްދުﷲ ޒުހައިރު

ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ގދ. ތިނަދޫ، ގެލަ، އާމިނަތު އަބްދުﷲ ޒުހައިރު އައްޔަން ކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާމިނަތު އަބްދުﷲ ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދުގެ  ވަގުތެއްގައެވެ.
އާމިނަތު އަބްދުﷲ ޒުހައިރު މީގެ ކުރިން ހުންނެވީ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގެެެެ މަަަަގާާމުގައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމު ހުސްވީ،  އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ