ފަލަސްޠީނުގެ ނާބުލްސްގައި އިޒްރާއިލް ސިފައިން ހިންގި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ ދެމީހަކަށް ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.
ފަލަސްޠީނުގެ ހެލްތް
މިނިސްޓްރީ އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އިޒްރާއިލް ސިފައިން
ބުނެފައިވަނީ ރޭ ހިންގި ރެއިޑަކީ، ހުވާރާ އަވަށުގައި މީގެ ދުވަސްކޮޅެއް ކުރިން
ހިނގި ކުރިމަތިލުން ތަކުގައި، އިޒްރާއިލް ސިފައިންގެ ދެމީހަކަށް ބަޑިން ދިން
ހަމަލާއަކަށް އެހީތެރިވި ދެމީހަކު ހޯދުމަށް ހިންގި ރެއިޑެއްކަމަށް ބުނެފައެވެ.
އަދި އެދެމީހުން ރެއިޑްހިނގަމުން ދިޔަ ވަގުތު ބަޑީގެ ހަމަލާދޭން ފެށުމުން
ބަޑިތަކުގެ ކުރިމައްޗަށް އަރައި ހަމަލާބަދަލު ކުރަން އުޅުމުގެ ތެރޭގައި އެމީހުންގެ
ގަޔަސް ބަޑީގެ ވަޒަން އެރީކަމަށް ވަނީ ބުނެފައެވެ.
Advertisement
މި ފަހަކަށް އައިސް
ހުޅަނގު އައްސޭރިއާއި ޖާރުއްސަލަމް ގައި އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގެ
މުސްލިމުންނަށް ދޭ އަނިޔާތައް ވަނީ ވަރަށް ބޮޑު ތަނުން އިތިރުވެފައެވެ. ހަނގުރާމަ
ވެރިން ހައްޔަރު ކުރުމުގެ ނަމުގައި އިޒްރާއިލް ސިފައިން ދަނީ އަނިޔާވެރި އެތައް
ޢަމަލެއް ހިންގަމުންނެވެ.
މިއަހަރުގެ މިހާތަނަށް
އިޒްރާއިލުން ވަނީ ފަލަސްޠީނުގެ 88 މީހަކު ޝަހީދުކޮށްލައިފައިވެއެވެ.
އިޒްރާއިލުން
ބުނެފައިވަނީ އެމީހުން ހަމަލާދީ ޝަހީދުކޮށްފައިވާނީ ހަނގުރާމަ ވެރިން ކަމަށެވެ.
ނަމަވެސް މަގުމަތިން އިޒްރާއިލް ސިފައިންގެ ގަޔަށް އޮއްގައު އުކާ ޒުވާން
ކުދިންނާއި ކަމާއި ނުބެހޭ ވެސް އެތައް ބަޔަކު އިޒްރާއިލް ސިފައިން ވަނީ
ޝަހީދުކޮށްފައެވެ.
ނާބުލްސް ގައި ފަލަސްޠީނުގެ ދެމީހަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ