ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އުމަރު ނިންމައިފި

މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އިބްތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އުމަރު ނަސީރު ނިންމައިފިއެވެ. 
މިރޭ އުމަރު ނަސީރުގެ ޓިކްޓޮކް އަދި ފޭސްބުކް މެދުވެރިވެރިކޮށް ގެނެސްދިން ލައިވްއެއްގައި އެކަން އިއުލާންކޮށް އުމަރު ނަސީރު ބުނެފައިވަނީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް އަދައިގެން މަސައްކަތް ކުރުމަކީ އޭނާ ގަބޫލުކުރައްވާ އުސޫލެއްް ނޫންކަމަށެވެ. 
މީގެ އިތުރުން އުމަރު ވިދާޅުވީ، މިހާރު އޮތް ބޮޑު ދެޕާޓީއަށް ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ނުގެނެވޭނެކަމަށާއި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ގެނެވޭނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކަމަށް އުމަރު ވިދާޅުވިއެވެ.
Advertisement
ހަމަ އެޔާއެކު ރާއްޖޭގައި އޮތް ޑްރަގުގެ މައްސަލަތަކާއި، ގޭންގު މައްސަލަތަކާއި، އެނޫންކޮށް ކުށްތައް ކުރުން ހުއްޓުވޭނީ ރާއްޖޭގައި އެކަން ކުރެވޭނެ ވަރުގެ ކޮރަޕްޝަނާއި، ފަސާދައަށް ތާއީދު ނުކުރާ ފަސްބައި ސާފު ލީޑަރަކަށް ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އޭނާއަށް ފުރަތަމަ ބުރުގައި ވޯޓު ދިނީ އެދެޕާޓީގެ ސިޔާސަތު ތަކަށް ތާއީދު ނުކުރާ ރާއްޖެއަށް ހެޔޮ ބަދަލު ގެންނަން ބޭނުންވާ ރައްޔިތުން ކަމަށެވެ. އެކަން ކުރުމުގައި އެސަޕޯޓަރުންނާއިއެކު 2028 ވަނަ އަހަރަށް ތައްޔާރުވަމުންދާކަމަށް ވެސް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. 
އަޅުގަނޑު ނެތިން ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް އަރާކަށް. މިހާރު މިއޮތް ބޮޑު ޕާޓީއަށް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ނުގެނެވޭނެ. އެކަން ކުރެވޭނީ އިސްލާމީ ޝަރީއަތު މިތާގައި ތަންފީޒު ވެގެން.
އުމަރު ނަސީރު
ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އުމަރު ނަސީރު ދިޔައީ ތިން ވަނައަށެވެ. އުމަރު ނަސީރު، 6،343 ވޯޓާއެކު، ތިން ހޯއްދެވުމަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމެކެވެ. އޭނާ އެ މަގާމު ހޯއްދެވީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖައްސާލުމަށް ފަހުއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ހަތަރު ވަނަ އަށް ދިޔައީ 5،460 ވޯޓާ އެކީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ