ޗައިނާއަށް ބޭރު ކުރާ ކަނޑު މަހަށް ނަގާ ޑިޔުޓީ 12 ޕަސެންޓަށް ބޮޑު ކޮށްފި! ރާއްޖެއަށް ބޮޑެތި ގެއްލުން ތަކެއް ލިބޭހެން އޮތް ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ރައީސް މުއިއްޒު ފެއްޓެވީ ކޮރަޕްޝަންގެ ތެރެއިން؟

ޗައިނާއަށް ބޭރު ކުރާ ކަނޑު މަހަށް ނަގާ ޑިޔުޓީ 12 ޕަސެންޓަށް ބޮޑު ކޮށްފިއެވެ. ކުރިން ނަގަމުން ދިޔައީ %10 ކަމުގައި ވީނަމަވެސް، ކެޓަގަރީކޮށް ކަނޑުމަހަށް ނަގާ ޑިޔުޓީ ވަނީ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސް ވުމުގެ ދަށުން ބޮޑުކޮށްފައެވެ.
ރާއްޖެއިން އާންމުކޮށް، ބޭރު ކުރަނީ ރީނދޫ އުރަހަ ކަންނެލިއެވެ. ރީދޫ އުރަހަ ކަންނެއްޔަށް %12 ޑިއުޓީ ނަގަން ޗައިނާއިން ނިންމި އިރު، ސަރުކާރުން ދަނީ އެކި ނޫސްތަކަށާއި، އެކޮނޮމިކް މިނިސްޓްރީގެ ސޯޝަލް މީޑިޔާގައި މަހަށް ނަގާ ޑިޔުޓީ ފްރީ ކޮށްފައިވާކަމަށް ބުނެ ދޮގު ހަދަމުންނެވެ.
ދިޔަވަރު ނޫހަށް ލިބިފައިވާ 648 ސަފުހާގެ ރާއްޖެއާއި-ޗައިނާއާއި ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވާ ގޮތުން، ކަނޑު މަހުގެ ބާވަތްތަކުން ޑިޔުޓީ ނެގުމަށް ދީފައިވާ ބޭސް ރޭޓްތަކަކީ:
ގަނޑު ކުރި ނުވަތަ ފިނި ކުރި ކަންނެލި އަދި ކަނޑު މަހަށް %10 ޑިޔުޓީއެއް
ކައްކައި ތައްޔާރުކޮށްގައިވާ ކަނޑު މަހުގެ ބާވަތްތަކުން %5 ޑިޔުޓީ
ދިރި ހުރި އެޓްލާންޓިކް / ޕެސިފިކް އަދި ސަދަރން ނޫއުރަހަ ކަންނެލިން %10.5 ޑިޔުޓީ
ތާޒާ ނުވަތަ ފިނިކޮށްފައި ހުންނަ ރީދޫ އުރަހަ ކަންނެލި %12 ޑިޔުޓީ
ނަމަވެސް ސަރުކާރުން ވަނީ ކަނޑުމަސް ޑިޔުޓީ ފްރީކޮށް އެކްސްޕޯޓް ކުރެވޭނެ ކަމަށް ބުނެ ދޮގު ހަދައި އެކަން އިއުލާން ކޮށްފައެވެ. މިގޮތުން ވީޑިޔޯ ކްލިޕް ހަދައި މިފަދަ ދޮގު މައުލޫމާތުތައް ފެތުރުމަށް މަސައްކަތް ކޮށްފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް، ރައްޔިތުންނާއި ޤައުމަށް އިންތިހާއަށް ގެއްލުންވާހެން ނިންމާ ކަންތައްތަކުން ރައްޔިތުންނަށް ފައިދާ ވާނެ ކަން ދެއްކުމަށެވެ.
https://twitter.com/moedmv/status/1873354653808939037?
ރާއްޖެއަށް މިހާ ގެއްލުން ހުރި އެއްބަސްވުމެއް އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި ރައީސް މުއިއްޒު އިއްޔެ އިފްތިތާހު ކޮށްފައިވަނީ އަމިއްލަ މާލީ މަންފާތަކަކަށް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ