އިނގިރޭސިން ސެމީފައިނަލަށް ދިޔަ މެޗު ބެލި މީހުންގެ އަދަދު 16.8 މިލިއަނަށްވުރެ މަތި!

އިނގިރޭސިން ސެމީފައިނަލަށް ދިޔަ މެޗު ބީބީސީން 16.8 މިލިއަން މީހުން ބެލި ކަމަށް ބުނެފިއެވެ. ބީބީސީން ބުނީ ކްއާޓާ ފައިނަލްގައި ސްވިޒަރލެންޑް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ސެމީފައިނަލަށް އިނގިރޭސިން ދަތުރުކުރި މެޗުގެ ބީބީސީގެ 'އޯޑިއަންސް' އަކީ 16.8 މިލިއަން މީހުން ކަމަށެވެ.
މެޗުގެ ހުރިހާ ވަގުތެއްގައިވެސް އެވްރެޖްކޮށް 13.6 މިލިއަން މީހުން ބަލަމުން ދިޔަކަމަށް ބީބީސީން ބުނެޏެވެ. %77 މީހުން ބެލީ ޓީވީންނެވެ. ބީބީސީގެ އައިޕްލޭޔަރުން 8.9 މިލިއަން ފަހަރު ސްޓްރީމް ކުރި ކަމަށްވެސް ބީބީސީން ވަނީ ރިޕޯރޓް ކޮށްފައެވެ. ބީބީސީ ސްޕޯރޓްސްގެ ވެބްސައިޓަށްވެސް މެޗު އޮތް ދުވަހު ވަން މީހުންގެ އަދަދު 10.5 މިލިއަނަށް އަރައެވެ. އަދި އޮންލައިންކޮށް ލައިވް ޕޭޖުން 5.3 މިލިއަން މީހުން ދިޔައީ ބަލަމުންނެވެ. މެޗު ކުޅެމުން ދިޔައިރު ލައިވް ޕޭޖް 16.6 މިލިއަން ފަހަރު ހުޅުވާފައިވާ ކަމަށްވެސް ބީބީސީން ބުންޏެވެ.
އެކަމަކު މިއީ މިފަހަރުގެ ޔޫރޯގައި ބީބީސީގެ އެންމެ ބޮޑު އޯޑިއަންސެއް ނޫނެވެ. އެންމެ ގިނަ މީހުން މިޔޫރޯގައި ބީބީސީގެ ކުޅިވަރު ޕްލެޓްފޯމްތަކުން ބެލީ އިންގްލެންޑް ސްލޮވާކިޔާ ބަލިކޮށް ކްއާޓާ ފައިނަލަށް ދަތުރުކުރި މެޗެވެ. އިތުރު ވަގުތުގައި އިންގްލެންޑް މޮޅުވި މެޗު 18.4 މިލިއަން މީހުން ބެލިކަމަށް ދައްކައެވެ.
ސެމީފައިނަލްގައި އިންގްލެންޑް ވާދަކުރާނީ ނެދަލެންޑްސްއާއެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ސްޕެއިންއާއި ފްރާންސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ