ގެއްލުނު 3 މީހުން ހޯދަން ފުރަތަމަ ފަހަރަށް ޑްރޯން ބޭނުން ކުރަން ފަށައިފި

މ. މަޑުއްވަރިން އެ އަތޮޅު ރަތްމަންދޫ ކައިރިއަށް އިއްޔެ މަހަށް ގޮސް އުޅެނިކޮށް ގެއްލުނު ދޯނި ހޯދަން އެމްއެންޑީއެފް ވައިގެ ބާރުން އަލަށް ބޭނުންކުރަން ފެށި ޔޫއޭވީ ބޭނުންކުރަން ފަށައިފިއެވެ. މަޑުއްވަރިން އެ އަތޮޅު ރަތްމަންދޫ ކައިރިއަށް އިއްޔެ ދިޔަ ދޯނި ގެއްލިގެން އެ ކަން ސަމާލުކަމަށް އައިސްފައިވަނީ ރޭގައެވެ. އެގޮތުން އެމްއެންޑީއެފުން ބުނީ ގެއްލުނު ދޯނި ހޯދުމަށް މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމަށެވެ. ނަމަވެސް އަދި ފެނިފައިނުވާކަމަށާއި އެހެންވެ، ހުއްޓުމެއްނެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.މަޑުއްވަރީ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ނިޝާމް އިއްޔެ ވިދާޅުވީ އެ ރަށުން އިއްޔެ މަހަށްދިޔަ "ފަރިހި" ނަމަކަށް ކިޔާ ދޯންޏެއް ގެެއްލިފައިވާ ކަމަށެވެ.އެގޮތުން އެ ދޯނި މަހަށް ފުރީ އިއްޔެ ހަވީރު 4:00 ހާއިރު ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެ ދޯނިން މަހަށް ދިޔައީ ދެ ފިރިހެނުން ކަމަށެވެ.މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ނިޝާމް އިއްޔެ ވިދާޅުވީ މަހަށް ދިޔަ މީހުންގެ ހަބަރެއް ނުވާތީ އެ މީހުންގެ ފޯނަށް ވެސް ނުގުޅޭ ކަމަށެވެ.ފާހަގަކޮށްލެވޭ ގޮތުގައި ކަނޑު މައްޗަށް މަހަށްދާ ދޯނިތައް ގެއްލޭ ހާދިސާތައް މަދުން ނަމަވެސް ދިމާވެ އެވެ.އެމްއެންޑީއެފްގެ އެއާ ކޯ އިފްތިތާހުކޮށް ޔޫއޭވީ ބޭނުންކުރަން ފެށީ މިއަހަރުގެ މާޗްމަހު އެވެ.ޔޫއޭވީ ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޔޫއޭވީގެ ތެރޭގައި ހިމެނޭ ތިން ޑްރޯންއަކީ ތުރުކީން ހަދިޔާކޮށްފައިވާ ޑްރޯންތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ