އާމިރު ޚާން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު 'ހެޕީ ޕަޓޭލް'ގެ ޓްރެއިލާ ދައްކާލައިފި
ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ "ހެޕީ ޕަޓޭލް: ހަތަރުނާކް ޖާސޫސް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. މި ފިލްމަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް އިންޑިއާގެ މަޝްހޫރު ސްޓޭންޑްއަޕް ކޮމީޑިއަން ވީރް ދާސް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ގިނަ ރަހަތަކެއް އެކުލެވޭ "ހެޕީ ޕަޓޭލް"ގައި ގެނެސްދޭ ހާދިސާތައް ބިނާކޮށްފައި ވަނީ ޑާކް ކޮމެޑީ ތީމަކަށެވެ. އާމިރުގެ ހާއްސަ ފެނިލުމެއް މި ފިލްމުން ފެންނާނެއިރު ވީރުގެ އިތުރުން ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރުން ތަރިންގެތެރޭ މޯނާ ސިންގް، މިތިލާ ޕަލްކަރު އަދި އަމިތު ބަންޑާރީ ހިމެނެއެވެ. މީގެއިތުރުން އާމިރުއަށް ބޮޑު ބޭބެ ކިޔާ ކުރީގެ އެކްޓަރު އިމްރާން ޚާން ވެސް މި ފިލްމުގެ ހާއްސަ ފެނިލުމަކުން ބެލުންތެރިންނަށް ފެންނާނެއެވެ. ފިލްމު "ހެޕީ ޕަޓޭލް"ގައި ވީރު ފެންނާނީ ކަންކަމުގައި މާބޮޑު އިންތިޒާމެއް ނެތި މަސައްކަތްކުރާ ހެއްވާ މަޖާ އެޖެންޓެއްގެ ރޯލުންނެވެ. ވީރް ފިލްމު "ހެޕީ ޕަޓޭލް"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ އިމްރާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކައްޓީ ބައްޓީ"އިންނެވެ. އިމްރާންގެ ހާއްސަ ފެނިލުމެއް "ހެޕީ ޕަޓޭލް"ގައި ހިމަނާފައިވާއިރު ދާދިފަހުން އިމްރާން ވަނީ އެނބުރި ފިލްމު އިންޑަސްޓްރީއާ ގުޅެން ނިންމިކަން އިއުލާނުކޮށްފައެވެ. ވަރަށް ހެއްވާ މަޖާ ހާދިސާތަކެއް ބެލުންތެރިންނަށް ފެންނާނެ "ހެޕީ ޕަޓޭލް" ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ. އާމިރުގެ ފިލްމު ކުންފުނިން ޕްރޮޑިއުސްކޮށް ގެނެސްދޭން ނިންމާފައިހުރި ފިލްމުތަކުގެތެރޭ އެކްޓަރުގެ ދަރިފުޅު ޖުނައިދު ޚާން އާއި ސައުތު ބަތަލާ ސައި ޕައްލަވީގެ ފިލްމު "މެރޭ ރަހޯ" އަދި ސަނީ ޑިއޯލް އާއި ޕްރިތީ ޒިންތާ މުހިއްމު ރޯލް ކުޅޭ ފިލްމު "ލާހޯރު 1947" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ