ހޮޅިންގެ ކިބައިން ދިވެހިރާއްޖެ މިންޖުކުރައްވަން ދޮންބަންޑާރައިން ކުރެއްވި ޖިހާދަށް 3 ގަރުނުވާން ކައިރިވެފައިވީ ނަމަވެސް، އޭގެ ހަނދާންތައް އަދިވެސް ވަނީ ދިރިދިރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ހުރަވީ ދުވަހާ ގުޅުވައި ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވެފައިވާ ކަމަށެވެ.
ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި.
ރައީސް މުޢިއްޒު
މިއާއެކު ރައީސް ވަނީ މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވަމުން ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހިންނަށް އަރިސްކުރައްވާފައެވެ.
ދޮންބަންޑާރައިންގެ ގައުމީ ޖިހާދުގެ ހަނދާންތައް އަދިވެސް މި ފަސްގަނޑުގައި ވަނީ ދިރިދިރި: ރައީސް މުޢިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ