ރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބޭއްވި ބާ ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ބާ ކައުންސިލްގެ ފުރަތަމަ ރައީސަކަށް އިންތިހާބުވެ ވަޑައިގަތް، އަލްއުސްތާޒު މައުމޫން ހަމީދަށް، ތަހުނިޔާ ވިދާޅުވާ ކަމަށެވެ. އަދި ކައުންސިލްގެ އެހެން މަގާމުތަކަށް އިންތިހާބުވެ ވަޑައިގެންނެވި މެންބަރުންނަށް ވެސް ތަހުނިޔާ ދަންނަވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މިއަދު ބޭއްވި ބާ ކައުންސިލް އިންތިހާބުގައި، އެ ކައުންސިލްގެ ރައީސްކަމުގެ އިންތިހާބު މައުމޫން ހަމީދު ކާމިޔާބު ކުރެއްވީ، މަޝްހޫރު ގާނޫނީ ވަކީލު ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދާ ވާދަ ކުރައްވައިގެންނެވެ.
ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ