މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ގެނައުމަށް ޕާޓީތަކުން އެއްބަސްވެއްޖެ

ރައްޔިތުންގެ މަޖްލިސްގެ ރައީސް ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ގެނައުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްބަސްވެއްޖެއެވެ.
ގާސިމްއަށް މަޖްލިސް ރައީސްކަން ދިނުމަށް އެއްްބަސްވީ ބުދަދުވަހުގެރޭ ބޭއްވި ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި، ބައިވެރިވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސަތު ބެލެހެއްޓެވި އެބައްދަލުވުމުގައި އިތުރު ކަމެއްގެ ގޮތުގައި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު ބާޠިލް ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ