މުހައްމަދު އަބްދުﷲ އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެރިކަންކުރާ އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ
މިރޭ މުހައްމާ އެމްޑީޕީ އަށް ސޮއި ކުރެއްވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްގެ ހާޒިރުގައެވެ.މިއީ މަޖިލީހުގެ މި ދައުރުގައި މުހުއްމާ  މަޖިލީހުގައި ތަމްސީލްކުރައްވާ ތިންވަނަ ޕާޓީއެވެ
މުހުއްމާ މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ނަމަވެސް ފަހުން މުހުއްމާ ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.ޕީޕީއެމް އިން މުހައްމާ ވަކިކުރީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް މުހައްމަދު ވަކިކުރަން ސޮއި ކުރި މައްސަލައިގައެވެ. އެމައްސަލައިގައި މުހައްމާގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާއިރު ސުޕްރީމް ކޯޓުން ޕާޓީ ބަދަލުކުރި މެމްބަރުންގެ ގޮނޑި ނުގެއްލޭ  ކަމަށް ކުރި ހުކުމާއެކު މުހުއްމާގެ ގޮނޑިވެސް ވަނީ ނުގެއްލޭކަމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ