ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ދިއްގަރުގައި ފަށައިފި

ރައްޔިތުން ހޭލުތެރިކުރުވުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މ. ދިއްގަރުގައި ފަށައިފިއެވެ.ޑިސެމްބަރުމަހުގެ ފަސް ވަނަ ދުވަހު މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ފެށި އެ ޕްރޮގްރާމަކީ، މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރެއްކަމުން ގިނަ ޢަދަދެއްގެ ބަޔަކު ރަށުން ބޭރަށް ދިއުމާއި އަދި ރަށަށް ޒިޔާރާތްކުރާ ރަށުން ބޭރު މީހުންގެ ޢަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއެކު އާންމު ރައްޔިތުން އެކަމަށް ހޭލުން ތެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.ދިއްގަރުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގައި، ވައްކަން ކުރުން ފަދަ ކަންކަމަށް މަގުފަހިވާ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި އާއްމު އިޖްިމާއީ މިންގަނޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށްދަނީ މިފަދަ ޕްރޮގްރާމްތައް ހިންގަމުންގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ