ސައުދީ ވަލީ އަހުދުގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ކުރީގެ ރައީސް މައުމޫނު ބައިވެރިވެވަޑައިގަންނަވައިފި

ރާބިތާގެ ބައްދަލުވުމަށް މައްކާއަށް މިހާރު ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ދިވެހި ސަރުކާރުގެ މަންދޫބެއްގެ ހައިސިއްޔަތުން ސައުދީ ވަލީ އަމީރު ނާއިފުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފިއެވެ.
ސައުދީ ވަލީ އަހުދު އަމީރު ނާއިފު ބިން އަބުދުލް އަޒީޒގުގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ މައްކާގެ ހަރަމްފުޅުގައި އިއްޔެއެވެ.
މިޖަނާޒާގައި ބައިވެރިވެވަޑައިގެން މައުމޫނުވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބުދުﷲ ބިން އަދުލް އަޒީޒްއާއި ބައްދަލު ކުރައްވާ ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ސައުދީ ޝާހީ އާއިލާއަށް ތައުޒިޔާ ރައްދު ކުރައްވާފައެވެ. މައުނޫމުގެ ވާހަކަފުޅުގައި ރާއްޖެއާއި ސައުދީގެ ގުޅުން ބަދަހި ކުރުމަށް ނާއިފު ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ