ފާއިތުވެ ދިޔަ ތަނުގައި ބާއްވާފައިވާ ބައި އިލެކްޝަންތަކުން ޕީޕީއެމަކީ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ޕާޓީކަން ސާބިތުކޮށްދީފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
މިމަހުގެ 29 ވަނަ ދުވަހު ބޭއްވި ތިން ބައި އިލެކްޝަނަށް ކެމްޕޭން ކުރުމަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން އެޕާޓީގެ ނައިބު ލީޑަރު އަބުދުއްރަހީމު އަބުދުﷲ ވިދާޅުވީ، ބައި އިލެކްޝަނުން ލިބުނު ކާމިޔާބަކީ ރައްޔިތުން ޕީޕީއެމަށް ކުރާ ތާއިދު ހާމަވާ ކަމެއް ކަމަށާއި، ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދަނީ ރައީސް މައުމޫނު އަބުދުލް ގައްޔޫމަށް ރައްޔިތުން ކުރާ އިތުބާރުގެ ސަބަބުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މިމަހުގެ ނަވާވީސް ވަނަ ދުވަހު ބޭއްވި ތިން ބައި އިލެކްޝަން ވެސް އެޕާޓީންވަނީ ކާމިޔާބުކޮށްފައެވެ.
މާބައިދޫ ކައުންސިލްގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބުނީ 198 ވޯޓުނެވެ. ޕީޕީއެމްއާއި އެންމެ ގާތުންވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓަށް ލިބުނީ 166 ވޯޓެވެ.
މުލަކު ދާއިރާގެ ގޮނޑި 677 ވޯޓުން ޕީޕީއެމްއިން ކާމިޔާބުކުރިއިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 478 ވޯޓެވެ. އަދި ޑީއާރުޕީގެ ކެންޑިޑޭޓަށް ލިބުނީ 188 ވޯޓެވެ.
395 ވޯޓުން ފ. ބިލެތްދޫ ކައުންސިލްގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބުރުކިއިރު އެންމެ ގާތުންވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 343 ވޯޓެވެ.
އެންމެ ތާއިދު ބޮޑު ޕާޓީއަކީ ޕީޕީއެމުކަން ރައްޔިތުން ސާބިތުކޮށްދީފި: ޕީޕީއެމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ