މިއުސަމް އައްބާސް
މިމަހުގެ 19 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ގަދަކަމުން އިއްވާފައިވާ ރިޔާސީ ބަޔާނަށް ޖަވާބު ނުދިނުމަށާއި، މަޖުލީހުގެ ގަވާއިދު އިސްލާހުކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫއްޕުން ނިންމައިފި އެވެ.މިއަދު ބޭއްވި ޕާލިމެންޓަރީ ގުރޫއްޕުގެ ބައްދަލުވުމުގައި އެމްޑީޕީން ނިންމާފައި ވަނީ 2008 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތުން ވެރިކަމަށް ހޮވާފައި ވަނީ އެމްޑީޕީ ކަމަށްވާއިރު، ބަޣާވާތަކުން ވެރިކަން ވައްޓާލުމުން އެއީ އެމްޑީޕީގެ ގާނޫނީ ވެރިކަން ވައްޓާލެވުނީ ކަމަށް ނުދެކޭ ކަމަށާއި ގާނޫނީ ގޮތުން އަދިވެސް ރާއްޖޭގައި ވެރިކަން ކުރަނީ އެމްޑީޕީން ކަމަށްވާހިދު، އެމްޑީޕީގެ ސަރުކާރަކުން އިއްވާ ރިޔާސީ ބަޔާނަށް އެޕާޓީން ޖަވާބުދާރީވާން ނުޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމުގައި އެބަޔާނަށް ޖަވާބުދޭން ޖެހޭނީ މައިނޯރިޓީ ލީޑަރ ކަމަށްވެސް އެމްޑީޕީން ދެކޭ ކަމަށެވެ.
އޭގެ އިތުރަށް އެމްޑީޕީގެ މިއަދުގެ ޕީޖީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖުލީހުގެ ގަވާއިދު އިސްލާހު ކުރަން ނުފެންނަކަމަށްވެސް ނިންމާފައެވެ. އެގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫއްޕު ބައްދަލުވުމަށް މިއަދު ހާޒިރުވި މީހުންގެ އަޣްލަބިއްޔަތުން ނިންމާފައި ވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލިނަމަވެސް ގާނޫނީ ގޮތުން ވެރިކަން ކުރާ ބަޔަކީ އެމްޑީޕީ ކަމަށްވާއިރު އެމްޑިޕީގެ ޕާލިމެންޓަރީ ގުރޫއްޕު މެދުވެރިކޮށް ސަރުކާރުން ހުށަހަޅަން ޖެހޭ ބިލްތައް ހުށަހެޅޭނެ ކަމަށެވެ.
" 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކަރުދާހުގައި ނަޝިދާއެކު، ވަހީދުގެ ނަން ހިމަނާފައި ވާނީ އެމްޑީޕީގެ ލޯގޯގައި. އެއީ ބަޣާވާތަކުން ބަދަލުކުރެވޭނެ ކަމެއްނޫން. އެމްޑީޕީ މެދުވެރިވެ ސަރުކާރުގެ ބިލްތައް ހުށަހެޅެން ޖެހޭނެ" ޕާލިމެންޓަރީ ގުރޫއްޕު މެމްބަރަކު ވިދާޅުވި އެވެ.
ރިޔާސީ ބަޔާނަށް ޖަވާބުދާރީ ނުވުމަށާއި މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ނުފެންނަ ކަމަށް އެމްޑީޕީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ