ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކަށް ސިއްޙީ ދާއިރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ހެލްތް މިނިސްޓަރ އިރުތޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ އިން އިންތިޒާމްކޮށްގެން "ލެޑްސް ސޭވްސް"ގެ ނަމުގައި ކުރިއަށް ގެންދާ ފޮޓޯ މައުރަޒު އިފްތިތާޙް ކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ނިމިގެންދިޔަ ކޮޕް 21 ބައްދަލުވުމުގައި އެއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން ރާއްޖެއިން ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށާއި، މި ބައްދަލުވުމުގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާކަމުގައެވެ.
"ލެޑް ސޭވްސް" ގެ ނަމުގައި މިއަދު އާރޓް ގެލެރީގައި ހުޅުވިގެންދިޔަ ފޮޓޯ މައުރަޒަކީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން ބޭއްވި އެނާރޖީ އެފިޝިއަންސީ ފޮޓޯ މުބާރާތުގައި ބައިވެރިކުރި ފޮޓޯތައް ދައްކާލުމަށް ހުޅުވި މައުރަޒެކެވެ. މި މަޢުރަޒުގައި ޖުމްލަ ހަ ކެޓަގަރީ އެއްގައި ފޮޓޯ ބައިވެރިކޮށްފައިވާއިރު، މިއަދުގެ ރަސްމިއްޔާތުގައި ވަނީ މި ފޮޓޯ މުބާރާތުން ވަނަވަނަ އަށް އައި ފަރާތްތަކަށް އިނަމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
މި މުބާރާތުގައި ފޮޓޯ ބައިވެރިކޮށްފައިވާ ކެޓަގަރީ ތަކާއި، އެ ކެޓަގަރީއިން އެއްވަނައަށް އައިސްފައިވާ ފަރާތްތައް:
ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކަށް ސިއްޙީ ދާއިރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ - މިނިސްޓަރ އިރުތިޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ