ގާސިމް ހައްޔަރު ކުރުމާއެކު މާމިގިލި ރައްޔިތުން ރަތަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނުގެ ނިސްބަތްވެވަޑައިގަންނަވާ އދ. މާމިގިލީ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާކުރަން ފަށައިފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މާމިގިލި ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ މުފީދު ވިދާޅުވީ ގާސިމް ހައްޔަރުކުރުމާއެކު ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށާއި ގާަސިމް ހައްޔަރުކުރުމުން ބައެއް ރައްޔިތުން ރޮއެ ހަދާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ