ކުއްޖާގެ ބައްޕަގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި

ގއ. ކަނޑުުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އިހުމާލުވުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.މި މައްސަލައިގައި ކުއްޖާގެ ބައްޕަ ހައްޔަރު ކުރީ އޭނާ ދިރިއުޅެމުން ދިޔަ ހުޅުމާލޭ ފުލެޓުން މިދިޔަ މަހު 18 ވަނަ ދުވަހެވެ. އެ ދުވަހު ހުޅުމާލޭގައި އާއްމު ރައްޔިތުން ނިކުމެ އެމީހާ ހައްޔަރު ނުކޮށްގެން ހަޅުތާލުވެސް ކުރިއެވެ.ކުއްޖާގެ ބައްޕަގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ. އެމީހާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި ކުއްޖާގެ މަންމައަކީވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހެކެވެ.ގާޒީ އަލީ އާދަމް ސޮއިކޮށް ނެރުނު އެ އަމުރުގައި އޭނާ ހައްޔަރުކުރުުގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.މި މައްސަލައިގައި ފުލުހުން ވަނީ އެ ކުއްޖާގެ ބައްޕަގެ އިތުރުން، ކުއްޖާގެ ކާފައާ މުނިކާފަވެސް ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 17ވަނަ ދުވަހު ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތުވެސް ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ. އެގޮތުން އެ ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ވަނީ ޖަހައިދީފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ