2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މަލާވީގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބު އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.މަލާވީގައި މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 2014 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޕީޓާ މުތާރިކާއެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާއި އެކު އެ ގައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.އިންތިޚާބުގެ ނަޓީޖާ އޮޅުވާލި ކަމުގެ ތުހުމަތާއި އެކު އިދިކޮޅު ކެންޑިޑޭޓުން ގުޅިގެން އެންމެ ފަހުން އެ މައްސަލަ ކޯޓަށް ހުށަހެޅީއެވެ. އިއްޔެ ގާތްގަނޑަކަށް 10 ގަޑިއިރަށް ދެމިގެން ދިޔަ އަޑުއެހުމަށް ފަހު ކޮންސްޓިޓިއުޝަނަލް ކޯޓުން އިއްވި 500 ސޮފްޙާގެ ހުކުމްގައި ބުނެފައިވާ ގޮތުގައި ވޯޓު ކަރުދާސްތަކުގައި ޖަހާފައިވާ ފާހަގަތައް ބަދަލުކުރުމަށް ޓިޕެކްސް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ޝީޓުތައް އޮޅުވާލުމުގެ އިތުރަށް އެއ ނަތީޖާ ޝީޓެއް ކޮޕީ ހެއްދުމަށްފަހު އެތައް ފަހަރު ބޭނުންކޮށްފައިވާ ކަން ވެސް ކޮންސްޓިޓިއުޝަނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ.ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން އިއްވި ހުކުމްގައި ވަނީ 150 ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ބޭއްވުމަށް މަލާވީގެ އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފައެވެ. އަދި އިންތިޚާބު ބޭއްވުމާއި ހަމައަށް ވެރިކަމުގައި ހުންނާނީ މިހާރުގެ ރައީސް ޕީޓާ މުތާރީކާ ކަމަށް ހުކުމްގައި ވަނީ ބުނެފައެވެ.ކޯޓުގެ ހުކުމާއި އެކު މަލާވީގެ މަގުތަކަށް އެތައް ބަޔަކު ނިކުމެ ދަނީ އުފާފާޅުކުރަމުންނެވެ. މަލާވީގެ ޝަރުޢީ ދާއިރާ ރޭވިފައިވާ ގޮތުން އިއްޔެ އިންތިޚާބު ބާތިލްކުރުމަށް ކޮންސްޓިޓިއުޝަނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މަލާވީގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ